logo
MPL

MPL

ޚަބަރު

ވަގަށް އެތެރެކުރި ސިނގިރޭޓު ގެއްލުނު މައްސަލަ ތަހުގީގުކުރަން ފަށައިފި

އާމިނަތު ޝަފާ
9 އޮކްޓޯބަރު 2025 - 12:57
ވަގަށް އެތެރެކުރި ސިނގިރޭޓު ގެއްލުނު މައްސަލަ ތަހުގީގުކުރަން ފަށައިފި

ވަގަށް އެތެރެކުރަނިކޮށް، ކަސްޓަމްސް އިން ހިފަހައްޓައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް- އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައިހުރި ސިނގިރެޓްތައް ގެއްލުނު މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޕީއެލްއިން ބުނީ މި މައްސަލައަކީ ފުލުހުންގެ ތަޙްޤީޤުގެ މަރުޙަލާގައިވާ މައްސަލައަކަށްވުމާއެކު، މިކަމާ ގުޅޭ އިތުރު ތަފްޞީލު މި ވަގުތު ދެވެން ނެތްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި، މި މައްސަލައާ ގުޅިގެން އެމް.ޕީ.އެލްގެ ކަމާގުޅުންހުރި ޑިޕާޓްމަންޓުތަކުން އެތެރޭގެ ތަޙްޤީޤެއް ކުރިއަށްގެންދާކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

މި މައްސަލައިގެ ތަހުޤީޤު ނިމުމުން، ތަހުޤީޤު ރިޕޯޓާއި އެއްގޮތަށް އެމް.ޕީ.އެލް އިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ތަންފީޒުކުރާނެކަމުގެ ޔަގީންކަންވެސް އެ ކުންފުނިން ވަނީ ދީފައެވެ.

މިއީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ.

މީގެ ކުރިންވެސް ކަސްޓަމްސްއިންވަނީ ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު ސިނގިރޭޓްތަކެއް އަތުލައިގެންފައެވެ.

ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންވެފައި ހުރީ، ދުރާލާ ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑް ޕްރޮފައިލް އަށް ބިނާކޮށް ކަނޑައެޅޭ ހިރާސްގެ މިންވަރުތަކަށް ރިއާޔަޔްކޮށް މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ބަލައި ފާސްކުރުމުގެ މައްޗަށްކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެގޮތުން ދުރާލާ ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ޤާނޫނާ ޤަވާއިދާ ޚިލާފު އަމަލުތަކަށް ޝައްކުކުރެވޭ ހާލަތްތަކުގައި، މުދާ ކްލިއާ ކުރުމުގެ ފުރުސަތު ދިނުމަށްފަހު، ޤާނޫނާއި ޤަވާއިދާ ޚިލާފު އަމަލުތައް ހިންގާ ނެޓްވޯކްތައް ހޯދައި، އެފަރާތްތަކަށް ވާޞިލްވުމަށްޓަކައި "ކޮންޓްރޯލްޑް ޑެލިވަރީ" އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭކަން ކަސްޓަމްސްއިން ވަނީ ފާހަގަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަން ރުފިޔާ ހޯދައިދީ، 17 މީހަކު ހައްޔަރުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންއިމާރާތްތަކުގައި ހުޅުޖަހައި ލޫޓުވަން ގޮވާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންފުވައްމުލައް ކައިރިން މުދާ އުފުލާ ދޯންޏެއް ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިޚަބަރު | 2 ދުވަސް ކުރިންގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކި އިންޑިއާ އަދި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން