logo
Bank of Maldives

Bank of Maldives

ޚަބަރު

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ކުޑަގިރީގައި 500 ގަސް އިންދައިފި

އާމިނަތު ޝަފާ
25 ސެޕްޓެމްބަރު 2025 - 13:15
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ކުޑަގިރީގައި 500 ގަސް އިންދައިފި

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ކުޑަގިރީގައި މިމަހު 22 އިން 25 އަށް ކުރިއަށްގެންދިޔަ ނެޝަނަލް ޕެޓްރޯލް ކޭމްޕުގެ ތެރެއިން، ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގައި ޖުމްލަ 500 ގަސް އިންދިފައިވާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މި ގަސްއިންދުމުގެ ހަރަކާތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" އަށް ދިވެހި ސްކައުޓުންގެ ފަރާތުން ދެވުނު މުހިންމު އެއްބާރުލުމެކެވެ. ކުޑަގިރީގައި ބޭއްވި މި ކޭމްޕުގައި، ރާއްޖޭގެ އެކި އަތޮޅުތަކުގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ސްކޫލްތަކުގެ ސްކައުޓުންނާއި ސްކައުޓް ލީޑަރުން ބައިވެރިވެ، ގަސް އިންދުމުގެ ޢަމަލީ މަސައްކަތުގައި ހަރަކާތްތެރިވެފައިވެއެވެ.

 

މި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ގަސްގަހާގެހި ގިނަކުރުމަށް ސްކައުޓުންގެ ފަރާތުން ދެވޭ އިސްކަން ވަނީ ހާމަވެފައެވެ. ސްކައުޓް އެސޯސިއޭޝަނުން ބުނެފައިވަނީ، މުސްތަގުބަލުގައިވެސް މިފަދަ ތިމާވެއްޓާބެހޭ ހަރަކާތްތަކުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރަމުންދާނެ ކަމަށެވެ. މީގެ ސަބަބުން ޒުވާނުންގެ މެދުގައި ތިމާވެއްޓަށް ދޭ އަހަންމިއްޔަތު އިތުރުވެ، ދިރިއުޅުމުގެ ރަނގަޅު އާދަތައް އަށަގަތުމަށް ބާރުއަޅާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަސްމިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން 8 ލައްކައަށް ވުރެ ގިނަ ގަސް އިންދައިފި ޚަބަރު | 15 ދުވަސް ކުރިންއަންނަ މަހުގެ 3 ވަނަ ދުވަހު ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރަނީ ޚަބަރު | މަހެއް ކުރިންކޮޕް30 ކޮންފަރެންސުގައި ނާޒުކު ޤައުމުތަކަށް ފައިދާ ލިބޭނެ ގޮތްތަކެއް ހޯދައިދިނުން މުހިންމު ޚަބަރު | މަހެއް ކުރިން5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ކުޑަގިރީގައި 500 ގަސް އިންދައިފިޚަބަރު | މަހެއް ކުރިން