logo
Bank of Maldives

Bank of Maldives

ޚަބަރު

ކުދި ރާޑަރުތަކެއް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ކުދި ރާޑަރުތަކެއް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

މޫސުމީ ބަދަލުތަކުން ދުރާލާ އިންޒާރު ދޭ ނިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ ދުރާލާ އިންޒާރު ދޭ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން ރާޑަރު ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރކުރުމުގެ މަރުހަލާގައިކަމަށެވެ. އަދި މިހާރު ހަމައެކަނި ހުޅުލޭގައި ރާޑަރެއް ހުރިނަަމަވެސް އިތުރު ރާޑަރުތައް އެކި ސަރަހައްދުތަކުގައި ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ދުރާލާ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މޫސުމާބެހޭ ޒަމާނީ އާލާތްތަކަށް އިންވެސްޓްކޮށްގެން، ރަށްރަށުގެ ރައްޔިތަކަށްވެސް މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމުގެ ގޮތުން ދުރާލާ އިންޒާރުދޭ ނިޒާމެއްގެ ޚިދުމަތް ލިބޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންއަންނަކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ މޫސުމީ ބަދަލުތަކާ ބެހޭ ސިޔާސަތުތަކާއި ކާރިސާތަކުގެ ގެއްލުން ކުޑަކުރުމުގެ ފްރޭމްވޯކުގެ ތެރެއިން ދުރާލާ މޫސުމީ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމުގެ މައްޗަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުރާލާ އިންޒާރުދޭ ނިޒާމެއް ޤާއިމުކުރުމަށް "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030" ވަނީ އެކުލަވަލާފައެވެ. މި ސްޓްރެޓެޖީގެ މައިގަނޑު މަޤުސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބޮޑު ބަދަލެއް، ޔޫއޭއީއާއެކު ގުޅުން ބަދަހިކުރަނީޚަބަރު | 3 ދުވަސް ކުރިންއިތުރު 10 ރަށެއްގައި ނާސަރީ އަޅަނީޚަބަރު | 22 ދުވަސް ކުރިން މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖޭގެ ތަޖުރިބާ ބައިނަލްއަޤްވާމީ ފޯރަމެއްގައި ހިއްސާކޮށްފިޚަބަރު | މަހެއް ކުރިންއޭދަފުށީގައި ގާއިމުކުރި 1.2 މެގަވޮޓްގެ ސޯލާ ޕީވީ އަދި ބެޓެރީ ސްޓޯރޭޖް ސިސްޓަމް ރަސްމީކޮށް އިފްތިތާޙުކޮށްފިޚަބަރު | މަހެއް ކުރިން