logo
MPL

MPL

ޚަބަރު

އިތުރު 10 ރަށެއްގައި ނާސަރީ އަޅަނީ

އަޙުމަދު ރިޝާން
3 ސެޕްޓެމްބަރު 2026 - 10:44
އިތުރު 10 ރަށެއްގައި ނާސަރީ އަޅަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ނާސަރީ ބިނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ބުރުގައި 10 ރަށެއްގައި ނާސަރީ އެޅުމަށް ނިންމައިފި އެވެ.

މިއީ 5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްތުގެ ދަށުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. އަދި އަލަށް ނާސަރީ އަޅާ ރަށްރަށުގެ ކައުންސިލާ އެކު ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިހާރު ވަނީ އެއްބަސްވުމެއް ވެސް ގާއިމުކޮށްފަ އެވެ. އެގޮތުން މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ބޮޑު މަޝްރޫޢުގެ ތެރެއިންނެވެ. މި މަޝްރޫޢުގެ އެންމެ މައިގަނޑު އެއް މަޤްޞަދަކީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ޤައުމީ ފެންވަރެއްގައި ގަސް އިންދުމުގެ ހަރަކާތްތައް ވަރުގަދަކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަހަރުގެ ބުރުގައި ނާސަރީތައް ބިނާކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހދ. ނޮޅިވަރަމް، ކ. ހިންމަފުށި، އދ. ދިއްދޫ، ފ. ދަރަނބޫދޫ އަދި ދ. މީދޫ ހިމެނެއެވެ. މީގެއިތުރުން ލ. ހިތަދޫ، ލ. ފޮނަދޫ، ގދ. ވާދޫ، ފުވައްމުލައް ސިޓީ އަދި ސ. މީދޫގެ ކައުންސިލާއެކު ވަނީ އެއްބަސްވުން ގާއިމުކޮށްފަ އެވެ.

މި ނާސަރީތައް ގާއިމު ކުރުމުން އެކި ބާވަތްތަކުގެ ގަސްގަހާގެހި ހެދުމަށާއި، ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސްތައް ވަރަށް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ލާމަރުކަޒީ އުޞޫލުން މިފަދަ މަޝްރޫޢުތައް ހިންގުމަކީ މިކަން އެންމެ ފުރިހަމަޔަށް ކާމިޔާބުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

މުޅި ރާއްޖޭގައި 20 ނާސަރީ ބިނާކުރުމަށް ހަމަޖެހިފައިވާއިރު، މިއަދު ސޮއިކުރި 10 ރަށާއެކު މި މަޝްރޫޢުގެ ބޮޑުބައެއް މިހާރުވަނީ ފެށިފައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ މި ވެރިކަމުގެ މި ދައުރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ފުރިހަމައަށް ހާސިލުކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު 10 ރަށެއްގައި ނާސަރީ އަޅަނީޚަބަރު | ގަޑިއިރެއް ކުރިން މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖޭގެ ތަޖުރިބާ ބައިނަލްއަޤްވާމީ ފޯރަމެއްގައި ހިއްސާކޮށްފިޚަބަރު | 5 ދުވަސް ކުރިންއޭދަފުށީގައި ގާއިމުކުރި 1.2 މެގަވޮޓްގެ ސޯލާ ޕީވީ އަދި ބެޓެރީ ސްޓޯރޭޖް ސިސްޓަމް ރަސްމީކޮށް އިފްތިތާޙުކޮށްފިޚަބަރު | 16 ދުވަސް ކުރިންއިންޓަރނޭޝަނަލް ސީބެޑް އޮތޯރިޓީ އެސެމްބްލީގެ 31 ވަނަ ސެޝަންގައި ރާއްޖެޚަބަރު | މަހެއް ކުރިން