logo
MPL

MPL

ޚަބަރު

މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖޭގެ ތަޖުރިބާ ބައިނަލްއަޤްވާމީ ފޯރަމެއްގައި ހިއްސާކޮށްފި

އައިޝަތު ނަޝާއައިޝަތު ނަޝާ
29 އޯގަސްޓު 2026 - 07:47
 މޫސުމީ ބަދަލުތަކާ ގުޅޭ  ގޮތުން ރާއްޖޭގެ ތަޖުރިބާ ބައިނަލްއަޤްވާމީ ފޯރަމެއްގައި ހިއްސާކޮށްފި

ޖަރުމަނުވިލާތުގެ ބޮންގައި ކުރިއަށްދިޔަ ބައިނަލްއަޤްވާމީ އިވެންޓެއްގައި، ކަނޑުތަކާއި މޫސުމާ ގުޅުންހުރި ކަންކަމުގައި ދިވެހިރާއްޖޭގެ ތަޖުރިބާތަކާއި، މާލީ އެހީތެރިކަމާއި ބައިވެރިވުންތައް ހޯދުމުގައި ރާއްޖެއިން ކޮށްފައިވާ މަސައްކަތްތައް ހިއްސާކޮށްފިއެވެ.

މި ތަޖުރިބާތައް ހިއްސާކުރެއްވީ ސްލައިކަން ޓްރަސްޓް އަދި މެރިޓައިމް ރިސާޗް އެލަޔަންސް ގުޅިގެން "އެވިޑެންސް-ބޭސްޑް ޕޮލިސީމޭކިންގ: ދަ ރޯލް އޮފް ރިސާޗް އިން މަލްޓިލެޓަރަލް ނެގޯޝިއޭޝަންސް އޮން ކްލައިމެޓް، އޯޝަންސް، އެންޑް ސެކިއުރިޓީ" ގެ ނަމުގައި ބޭއްވި އިވެންޓުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިވެންޓުގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޢާއިޝަތު އައިލީން ނިޔާޒް ވަނީ، ކަނޑުތަކާއި މޫސުމާ ގުޅޭ މަޝްރޫޢުތައް (އޯޝަން-ކްލައިމެޓް ނެކްސަސް) ތަންފީޛުކުރުމަށްޓަކައި މާލީ އެހީ ހޯދުމާއި ބައިނަލްއަޤްވާމީ ބައިވެރިވުންތައް ޤާއިމުކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ.

މީގެއިތުރުން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ރާއްޖެއިން އަދާކުރަމުންދާ އިސް ދައުރާއި ލީޑަރޝިޕް ވެސް އައިލީންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމަކީ މޫސުމާއި، ކަނޑުތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުގައި ޢިލްމީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވައިލުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު އިވެންޓެކެވެ. ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާ އެއް ޤައުމަށް ވުމާއެކު، މިފަދަ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ އަޑު އުފުލުމަކީ ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާއާއެކު 15 މެގަވޮޓުގެ ސޯލާ މަޝްރޫޢެއްގައި ސޮއިކޮށްފިޚަބަރު | 3 ދުވަސް ކުރިން ގްރޭޓަރ މާލޭގެ ކަރަންޓު ވިއުގައަށް ބޮޑު ބަދަލެއް؛ ހަކަތައިގެ ޚިދުމަތް އައު ހަރުފަތަކަށް ގެންދަނީޚަބަރު | 11 ދުވަސް ކުރިންބޯޑަރު ހުރަސްކޮށް އަންނަ ޕްލާސްޓިކްގެ ނުރައްކާ: ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަޑުއުފުލައިފިޚަބަރު | 17 ދުވަސް ކުރިންރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބޮޑު ބަދަލެއް، ޔޫއޭއީއާއެކު ގުޅުން ބަދަހިކުރަނީޚަބަރު | މަހެއް ކުރިން