logo
Bank of Maldives

Bank of Maldives

ޚަބަރު

ފެމިލީ ކޯޓުގެ ހިންގުން ވަގުތީގޮތުން އަބްދުﷲ ޤާޒީއަށް

އާމިނަތު ޝަފާ
26 ސެޕްޓެމްބަރު 2025 - 04:58
ފެމިލީ ކޯޓުގެ ހިންގުން ވަގުތީގޮތުން އަބްދުﷲ ޤާޒީއަށް

ފެމިލީ ކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާ ހަވާލުކުރައްވައިފިއެވެ.

ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ހާމަކުރީ، ފެމެލީ ކޯޓު ވަގުތީގޮތުން ހިންގުން އެ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދުއާއި ހަވާލުކުރައްވަން އެ ކޮމިޝަނުގެ މި އަހަރުގެ 34 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.

އެ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިހާރު ހުޅުވާލާފައިވާއިރު ގާޟީކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލާފައިވަނީ 02 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން  އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. 

ފެމެލީ ކޯޓަށް ފަނޑިޔާރަކު ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެމަތިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިޚަބަރު | 3 މަސް ކުރިން26/6/26: ރީތި ތާރީޚެއް، މާލޭގައި އެކަނިވެސް 50 ކައިވެނި ޚަބަރު | 3 މަސް ކުރިންރަމަޟާންމަހު ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ގަޑިތައް އާންމުކޮށްފިޚަބަރު | 7 މަސް ކުރިންފެމިލީ ކޯޓުގެ ޤާޒީގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފިޚަބަރު | އަހަރެއް ކުރިން