logo
Bank of Maldives

Bank of Maldives

ޚަބަރު

"ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

 "ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

"ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް، 28 ޖުލައި 2026 ވަނަ ދުވަހު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާ އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި، ފެމިލީ ކޯޓު އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން 21 ޖޫން 2026 އިން ފެށިގެން 28 ޖޫން 2026 ގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ރާއްޖޭގައި އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަންހުރި މީޑިއޭޓަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭއްވާ އެއް ސިޔާސަތެވެ. ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އާއިލީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން، ކޮންމެ ކުއްޖަކީވެސް ރައްކާތެރި، އޯގާތެރި އަދި ބިނާކުރުވަނިވި މާޙައުލެއްގައި ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ހިންގުނު "ނެޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމަކީ އާއިލީ މައްސަލަތަކުގައި ކުޑަކުދިންގެ މަސްލަޙަތު އިސްކޮށް، މަޝްވަރާގެ އުސޫލުން މައްސަލަތައް ހައްލުކުރުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ، މި ވުޒާރާއާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާއި،  ފެމިލީ ކޯޓު އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން ހިންގާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީން ޕްރޮޖެކްޓް" ގެ ދަށުން ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އާއިލާތަކުގެ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް އޭގެ ނޭދެވޭ އަސަރުތައް ކުރެއެވެ. އަދި އާއިލީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ހަރުދަނާ މުއާމަލާތްތަކާއި، މައްސަލަ ގޯސްވުމުގެ ކުރިން އެކަމަށް ހައްލު ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

WhatsApp Image 2026-06-29 at 19.15.11 (1).jpeg

 

ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ޖުމްލަ 25 ބައިވެރިން ވަނީ ކާމިޔާބީއާއެކު ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، އާއިލީ މައްސަލަތަކުގައި ކޯޓުން ބޭރުގައި ވާހަކަދައްކައިގެން ސުލްހަވެރިކަމާއެކު ހައްލު ހޯދައިދޭނެ ޤާބިލު މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމެވެ. މީގެ އިތުރުން، ގައުމީ ފެންވަރުގައި ތަމްރީނުލިބިފައިވާ އާއިލީ މީޑިއޭޓަރުންގެ ވިއުގައެއް ބިނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ޕްރޮގްރާމުގެ ތެރޭގައި ހިމެނެއެވެ.

އެގޮތުން، މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން، އާއިލީ މައްސަލަތައް ސުލްޙަވެރިކަމާއެކު ޙައްލުކުރުމުގެ (މީޑިއޭޝަން) އަސާސްތަކާއި، މުޢާމަލާތުކުރުމުގެ ހުނަރުތަކުގެ އިތުރުން، މައްސަލަ ޙައްލުކުރުމުގެ އުކުޅުތަކާއި، އަޚްލާޤީ މިންގަނޑުތަކަށް ބައިވެރިން ވަނީ އަހުލުވެރިކުރެވިފައެވެ. އަދި ޚާއްޞަކޮށް، ކުޑަކުދިންގެ މަޞްލަޙަތު އިސްކުރުމަށް ބޭނުންވާ މުހިންމު ފަންނީ މަޢުލޫމާތުތައް މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ވަނީ ފޯރުކޮށްދެވިފައެވެ.

މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމަކީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި އާއިލީ މައްސަލަތައް ހައްލުކުރުމުގެ އޮނިގަނޑެއް ގާއިމުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިޚަބަރު | 2 ގަޑިއިރު ކުރިން26/6/26: ރީތި ތާރީޚެއް، މާލޭގައި އެކަނިވެސް 50 ކައިވެނި ޚަބަރު | 3 ދުވަސް ކުރިންޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ފަށައިފިޚަބަރު | 9 ދުވަސް ކުރިންއޭ.އެސް.އެމް.އެޗްގައި ފުރަތަމަ ފަހަރަށް، ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކަލް ސާޖަރީއެއް ޚަބަރު | 15 ދުވަސް ކުރިން