logo
Bank of Maldives

Bank of Maldives

ޚަބަރު

ޖެނުއަރީ މަހުން ފެށިގެން ބިހުރާ އިން ބައިލައްކަ ރުފިޔާގެ ފައިދާ ލިބޭނެ

އާމިނަތު ޝަފާ
26 ސެޕްޓެމްބަރު 2025 - 09:28
ޖެނުއަރީ މަހުން ފެށިގެން ބިހުރާ އިން ބައިލައްކަ ރުފިޔާގެ ފައިދާ ލިބޭނެ

އަންނަ ޖަނަވަރީ މަހުން ފެށިގެން ގއ. ގެމަނަފުށީގެ އިހުތިސާސްގެ ތެރޭގައި ހިމަނައިދެއްވާފައިވާ ބިހުރާ އިން ބައިލައްކަ ރުފިޔާގެ ފައިދާ ލިބޭނެކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ގެމަނަފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ނާޝިދު މެންދުރަށް ވިދާޅުވީ ކައުންސިލްތަކަށް އާއްމުދަނީ ހޯދޭނެ މަގު ފަހިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން ގެމަނަފުށީގެ އިހުތިސާސްގެ ތެރޭގައި ހިމަނައިދެއްވާފައިވާ އެ އަތޮޅު ބިހުރާއިން ކައުންސިލަށް އާއްމުދަނީ ހޯދުމަށް ޕްލޭންއެއް ހަދައިގެން ކުރިއަށްދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މި ރަށުގައި ދަނދުވެރިކަން ކުރުމާއި އެކި ކަހަލަ ޖަނަވާރު ގެންގުޅުމުގެ މަސައްކަތްކުރުމަށް މިހާރުވެސް 30 އާއި 40 އާ ދެމެދުގެ އަދަދަކަށް ދަނޑުބިންތައް ދޫކުރެވިފައިވާކަމަށާއި މި ބިންތަކުން އަންނަ ޖަނަވަރީމަހުން ފެށިގެން ކައުންސިލަށް ބައިލައްކަ ރުފިޔާގެ ފައިދާވާނެކަމަށެވެ. އަދި ރަށުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެވެން ފެށުމާއެކު ލިބޭ އާއްމުދަނީގެ މިންވަރު އިތުރުވެގެންދާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މިފަހުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ގެމަނަފުށީ ކައުންސިލްގެ މެންބަރުންނާއެކު ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ބިން ކުންޔަށްދިނުމާ ބެހޭ ގޮތުންނާއި، ބަނދަރު ޕްރޮޖެކްޓްގެ ވާހަކައާއި، ފުޓްބޯޅަދަނޑު ޕްރޮޖެކްޓްގެ ވާހަކައާއި، ކަރަންޓްގެ ޚިދުމަތާއި، ރަށުގައި މިހާރު ފެށުމަށް ތައްޔާރުވެފައިވާ އެކި މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރެވިފައި ވާކަމާށާއި އަދި ކައުންސިލްގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާނެކަމުގެ ޔަގީންކަން ދީފައިވާކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ގެމަނަފުށީގައި ހިންގައިފިޚަބަރު | ގަޑިއިރެއް ކުރިންޖެނުއަރީ މަހުން ފެށިގެން ބިހުރާ އިން ބައިލައްކަ ރުފިޔާގެ ފައިދާ ލިބޭނެޚަބަރު | 5 މަސް ކުރިން