logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮޕް30 ކޮންފަރެންސުގައި ނާޒުކު ޤައުމުތަކަށް ފައިދާ ލިބޭނެ ގޮތްތަކެއް ހޯދައިދިނުން މުހިންމު

އާމިނަތު ޝަފާ
26 ސެޕްޓެމްބަރު 2025 - 12:37
ކޮޕް30 ކޮންފަރެންސުގައި ނާޒުކު ޤައުމުތަކަށް ފައިދާ ލިބޭނެ ގޮތްތަކެއް ހޯދައިދިނުން މުހިންމު

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް (ކޮޕް30) ގެ ރިޔާސަތުން ބޭއްވި ވަޒީރުންގެ މަޝްވަރާތަކުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ތިމާވެއްޓާވެހޭ ވުޒާރައިގެ މިނިސްޓަރ ޠާރިޤު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ. މި މުހިންމު މަޝްވަރާތައް ބޭއްވުނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމާ ގުޅިގެންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްވަރާތަކުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤު ފާހަގަކުރެއްވީ، ކުރިއަށް އޮތް ކޮޕް30 ކޮންފަރެންސުން އެންމެ ނާޒުކު ޤައުމުތަކަށް ފައިދާ ލިބޭނެ ގޮތްތަކެއް ހޯދައިދިނުމުގެ މުހިންމުކަމެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގެ ލަނޑުދަނޑީގައި ހިފެހެއްޓުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢު އެއް މަގަކަށް ގެނައުމުގެ ބޭނުންތެރިކަމަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

 

މި ވަޒީރުންގެ މަޝްވަރާތަކުގެ ބޭނުމަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކުރިއަށް އޮތް ކޮޕް30 އަށް ތައްޔާރުވުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އ.ދ. ގެ ޢާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމުގެ ތެރެއިން މިފަދަ މުހިންމު މަޝްވަރާތަކެއް ބޭއްވުމުގެ ސަބަބުން، ދުނިޔޭގެ ސަމާލުކަން މޫސުމީ ބަދަލުތަކުގެ މައްސަލަތަކަށް އިތުރަށް ހުއްޓިގެންދާނެކަމަށް ބެލެވެއެވެ.

 

ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ނުރައްކަލާ ކުރިމަތިލާންޖެހޭ ކުޑަ ޖަޒީރާ ޤައުމެއްކަމުން، މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެ، ދިވެހިރާއްޖެއާއި އެހެނިހެން ނާޒުކު ޤައުމުތަކުގެ އަޑު އުފުލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިނިސްޓަރ ޠާރިޤު އިބްރާހީމްގެ ބައިވެރިވެވަޑައިގަތުމަކީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްވަރާތަކުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރާކަން އަންގައިދޭ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންތެޔޮ އެތެރެކުރަން ކުރާ ޚަރަދު ވަނީ 116 މިލިޔަން ޑޮލަރަށް އިތުރުވެފަ: ވަޒީރުޚަބަރު | މަހެއް ކުރިންކުދި ރާޑަރުތަކެއް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ޚަބަރު | 2 މަސް ކުރިން5 މިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން 1 މިލިއަން ގަސް އިންދައިފިޚަބަރު | 6 މަސް ކުރިން