ހުޅުމާލޭގައި ހުއްދަ ނެތި ހަރުކޮށްފައި ހުރި ބެނާތައް ނަގަނީ
27 ސެޕްޓެމްބަރު 2025 - 05:08

ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ހުއްދަ ނެތި އަދި އުސޫލުން ބޭރުން އާންމު ސަރަހައްދުތަކުގައި އިޝްތިހާރު ކުރުމަށް ހަރުކޮށްފައިވާ ބެނާތަކާއި ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުއްދަ ނެތި ހަރުކޮށްފައިވާ ބެނާތައް ނެގުމަށް ކުރާ މަސައްކަތުގައި އެ ތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެ ކަމަށެވެ. އަދި ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި މިފަދަ ތަކެތި ހަރުކުރުމަކީ މަނާ ކަމެއްކަން ވެސް އެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation
އަދި ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ބެނާ ނުވަތަ ޕޯސްޓަރު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، އެޗްޑީސީގެ ހުއްދައަށް އެދުމުން، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެ ފުރުސަތު ދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުން އެޗްޑީސީއަށް ދެމުން އަންނަ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.