ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރުމުގެ މައްސަލަ ކޮމިޓީއަށް
2 އޮކްޓޯބަރު 2025 - 06:43

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވާ ނަންތައް ދިރާސާކުރުމަށް އެ މައްސަލަތަކާ ގުޅޭ ދާއިމީ ކޮމިޓީތަކަށް ފޮނުވައިފިއެވެ.
މަޖިލީހުގެ މަސައްކަތްތައް ޗުއްޓީއަކަށްފަހު މިއަދު ފަށާފައިވާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސް އިސްކަންދެއްވާ ތަރުތީބުން ވަނީ ފޮނުއްވައިފައެވެ. ޓެކްސް އެޕީލް ޓްރެބިއުނަލުން ހުސްވެފައިވާ އެ ދެ މަގާމުގެ ތެރެއިން އެއް މަގާމަކީ ގާނޫނީ ދާއިރާގެ މެންބަރު ކަމުގެ މަގާމެވެ.

Ad by Hajj Corporation
ރައީސް ފޮނުއްވި ލިސްޓުގައި ހިމެނޭ ނަންތަކަކީ:
- މަހާޒް އަލީ ޒާހިރު، މޭނާ، ގދ. މަވަޑެލި
- އާޝިއާ އަޒީމާ، ރޯޒްވިލާ، ރ. ހުޅުދުއްފާރު
- އިބްރާހީމް އަފީފް، ގުލްބަހާރުގެ، ބ. ތުޅާދޫ
- ޝިފާޒް އަލި، ދަފުތަރު ނަންބަރު ރ.ސ.12854
- ފާތުމަތު ނައުޝާން، ފިޔާތޮށިގެ، ޅ. ނައިފަރު
- އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ
- ޝައުފާ އިބްރާހީމް، އަކިރިވިލާ، ދ. މީދު
އެ ނަންތައް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާއެކެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިތުރުން، ނޭޝަނަލް އިންޓަގްރެޓީ ކޮމިޝަނަށް ފޮނުއްވާފައިވާ ނަންތައް ދިރާސާކުރުމަށް ވެސް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށްވަނީ ފޮނުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނޭޝަނަލް އިންޓަގްރެޓީ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި ހުށަހެޅުއްވީ އެ ކޮމިޝަންގެ 4 މެންބަރެއްގެ މަގާމުގެ މުއްދަތު މި މަހުގެ 26ވަނަ ދުވަހަށް ހަމަވާތީއެވެ. އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް ނަންތައް ފޮނުއްވީ އާންމުކޮށް ހުޅުވާލުމަށްފަހު ކުރިމަތިލި ފަރާތްތަކުގެ ތެރެއިންނެވެ.
އެގޮތުން، އިންޓަގްރެޓީ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ އަލްއުސްތާޛް ޝުޢައިބް ޢަބްދުއްރަޙްމާން އާއި އަލްއުސްތާޛް ޝިފާޒް އަލީ، އާއި އަލީ މުޙައްމަދު މަނިކު، އަދި ފާތިމަތު ޝަރީފްގެ ނަމެވެ.
މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ