logo
Bank of Maldives

Bank of Maldives

ޚަބަރު

މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ޓައީ އަޅަން ލާޒިމްކޮށްފި

އައިޝަތު ނަޝާ
13 އޮކްޓޯބަރު 2025 - 09:36
މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ޓައީ އަޅަން ލާޒިމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައީ އަޅަން ލާޒިމްކޮށް މަޖިލީހުގެ ގަވައިދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ތިއްބަވާއިރު ޓައީ އަޅައިގެން ތިބުން ހިމެނޭ ގޮތަށް، ހެދުން އެޅުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން  ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހުށަހެޅުއްވިއިސްލާހުގައި ވަނީ، މެންބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިގަންނަވާއިރު ފިރިހެން މެންބަރުން ކޯޓު ފަޓުލޫނާއި ޓައީ، ގަމީހާއި ޓައީއާއި ފަޓުލޫނު އަދި ގައުމީ ހެދުން ލެވޭ ގޮތަށް، އަންހެން މެންބަރެއް ނަމަ ހެދުން އެޅުމުގެ އާންމު އަދަބާ ޚިލާފުނުވާ ރަސްމީ ހެދުން ލެވޭ ގޮތް ހެދުމަށް ބުނެފައެވެ. އަޝްރަފް ހުށަހެޅުއްވި އިސްލާހާ އެކު، އެ ވަގުތު ތަޅުމުގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 48 މެންބަރުންގެ އިއްތިފާގުން މަޖިލީހުގެ މެންބަރުން ޖަލްސާތަކުގައި ޓައީ އެޅުން ލާޒިމުކުރަން ވަނީ ފާސްކޮށްފައެވެ. މި އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.

މަޖިލީހުގެ ރައީސް މި މައްސަލަ ހުށަހެޅުއްވީ މި ހިނގާ 20ވަނަ މަޖިލީހުގެ ބައެއް މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައި ނާޅުއްވާ ވަޑައިގަންނަވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެދުން އެޅުމުގެ އުސޫލެއް އެކުލަވާލަން ނިންމީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިސް ހިންގަމުން އަންނަނީ އުސޫލުން ބޭރުން ކަމަށް ވިދާޅުވެ, އެކަމާ ދެކޮޅަށް އިހުތިޖާޖެއް ކުރެއްވުމުގެ ގޮތުން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ޓައީ ނާޅައި ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވުމާ ގުޅިގެންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙިޔާލުހޯދުމުގެ އާންމު ވޯޓު ނެގުމުގައި މަޖިލީހުން އަމަލުކުރާނެގޮތުގެ ގަވާއިދު ފާސްކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންމަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ޓައީ އަޅަން ލާޒިމްކޮށްފި ޚަބަރު | 5 ގަޑިއިރު ކުރިންމީޑިއާ ކޮމިޝަނަށް ކުރިމަތިލެއްވި 10 ބޭފުޅެއްގެ ނަން ކޮމިޓީއަށްޚަބަރު | 9 ގަޑިއިރު ކުރިންއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހަށް ޚަބަރު | 10 ގަޑިއިރު ކުރިން