logo
E-Platinum
ޚަބަރު

ހައިރާނެއްނުވޭ، ފިޝަރީޒް ޓީމަށް ހުރަސްއެޅީ ދިއްދޫ އޮފީހަށް މަސް އެޅުމުގެ ފަހަތުގައި ވެސް ތިބި މީހުން: މަތީނު

މުހައްމަދު މޫސާމުހައްމަދު މޫސާ
29 ސެޕްޓެމްބަރު 2024 - 07:39
''ހައިރާނެއްނުވޭ، ފިޝަރީޒް ޓީމަށް ހުރަސްއެޅީ ދިއްދޫ އޮފީހަށް މަސް އެޅުމުގެ ފަހަތުގައި ވެސް ތިބި މީހުން''

ގއ. ދެއްވަދޫ އަށް އިއްޔެ ދިޔަ ފިޝަރީޒް މިނިސްޓްރީގެ ޓީމަށް ހުރަސްއެޅީ ދިއްދޫ އޮފީހަށް މަސްއެޅުމުގެ ފަހަތުގައި ވެސް ތިބި މީހުންކަމުން ހައިރާން ނުވާކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ އަބުދުލް މަތީން ވިދާޅުވެއްޖެއެވެ.

12 ފެބްރުއަރީ 2006 ވަނަ ދުވަހު ހއ. ދިއްދޫގެ މަސްވެރިންތަކެއް ވަނީ އެ ރަށުގައި ހުންނަ އެ އަތޮޅު އޮފީހަށާއި، އަތޮޅު ގެއަށާއި އަދި އެރަށު އޮފީހަށް 25 ހަކަށް ޓަނު ރޯމަސް އަޅާލާފައެވެ.

އެކަމަކީ އޭރު ވެސް އިދިކޮޅުގައި އޮތް އެމްޑީޕީން ހިތްވަރުދީގެން ކުރިކަމެއްކަމަށް ވަރަށް ބޮޑަށް އޮތީ ބެލެވިފައެވެ.

މަސްދޯނިތަކުގައި މަސް ފިނި ކުރާ އާރްއޯ ޕްލާންޓް އެޅުމަށް ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމަށް ދެއްވަދޫ އަށް އިއްޔެ ދިޔަ ފިޝަރީޒް މިނިސްޓްރީގެ ޓީމަކަށް އެ ރަށުގެ މަސްވެރިން ހުރަސްއަޅާފައިވާކަމަށް ނޫހަކުން ރިޕޯޓުކުރި ޚަބަރަކާއި ގުޅިގެން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު އެކްސްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅުވައި އެމްޑީ މަތީން ވިދާޅުވީ، އެ ޓީމަށް ހުރަސް އެޅުން އެއީ ވަރަށް ދަށުދަރަޖައިގެ ނާތަހުޒީބީ ޢަމަލެއް ކަމަށެވެ.

‘’އެކަމަކު މިއީ ހއ.ދިއްދޫ އޮފީސްތެރެއަށް މަސްތައް އަޅާލުމުގެ ފަހަތުގައިވެސް ތިބިމީހުން ކުރުވިކަމެއްވީމާ ހައިރާނެއް ނުވޭ. ސަންފާއޮނަށްލިޔަސް ބަދަލުނުވާއެއްޗެހި ހުރެޔޭ ބުނަނީ.’’ އެމްޑީ މަތީން ވިދާޅުވެފައެވެ.

ދެއްވަދޫ އަށް އިއްޔެ ދިޔަ ފިޝަރީޒް މިނިސްޓްރީގެ ޓީމަށް ހުރަސްއެޅުން ކުށްވެރިކޮށް، އެއީ ނާތަހުޒީބު ކަމެއްކަމަށްބުނެ ގިނަ ބަޔަކު މީސްމީޑިއާގައި ޚިޔާލުފާޅުކޮށްފަވެއެވެ.

 

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މޭ މަހު ފެށޭނެ: މަތީންޚަބަރު | 4 މަސް ކުރިންއެމްޑީޕީގެ ފިތުނަ ދޮލަނގުން ސާފުވެގެންދަނީ ރައްޔިތަކަށް ހެވެއް ނޭދޭ މިންވަރު: މަތީންޚަބަރު | 10 މަސް ކުރިން''ހައިރާނެއްނުވޭ، ފިޝަރީޒް ޓީމަށް ހުރަސްއެޅީ ދިއްދޫ އޮފީހަށް މަސް އެޅުމުގެ ފަހަތުގައި ވެސް ތިބި މީހުން''ޚަބަރު | 10 މަސް ކުރިން