logo
ޚަބަރު

ނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މޭ މަހު ފެށޭނެ: މަތީން

މުހައްމަދު މޫސާމުހައްމަދު މޫސާ
2 އޭޕްރީލު 2025 - 01:34
ނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މޭ މަހު ފެށޭނެ: މަތީން

ފ. ނިލަންދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ މޭ މަހު ފެށޭނެ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ނިލަންދޫގެ ނަރުދަމާ ނިޒާމު މައްސަލަޖެހި، އޭގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، އެ ރަށުގެ ރައްޔިތަކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ދެއްވި ޖަވާބެއްގައި މަޠީން މި މަޢުލޫމާތު ހާމަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޠީން ވިދާޅުވި ގޮތުގައި، ނިލަންދޫގައި މިހާރު ޤާއިމުކޮށްފައިވަނީ ވެކިއުމް ނަރުދަމާ ނިޒާމެކެވެ. މި ނިޒާމު ޤާއިމުކޮށްފައިވަނީ 18 އަހަރު ކުރިން، 15 އަހަރު ދުވަހަށް އަމާޒުކޮށްގެންނެވެ. އެހެންކަމުން، މިހާރު އެ ނިޒާމަށް އެކި މައްސަލަތައް ދިމާވަމުން އަންނަކަމަށާއި، އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެމްޑަބްލިއުއެސްސީން ވަނީ މުޅިން އައު ޒަމާނީ ނިޒާމެއް ޤާއިމުކުރުމަށް ނިންމާފައެވެ. އަލަށް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ގްރެވިޓީ ނަރުދަމާ ނިޒާމެކެވެ. މި ނިޒާމާއެކު މިހާރު ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް މަޠީން ވިދާޅުވިއެވެ.

އައު ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ޑިޒައިން މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ބިންތައް ކަނޑައެޅުމާއި ލޭންޑް ސަރވޭ ހެދުމާއި ޓޮޕޮގްރަފިކް ސަރވޭގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މަޠީން ހާމަކުރެއްވިއެވެ. އަދި ޑިޒައިން ނިންމުމަށްފަހު ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީގެ ހުއްދަތަކާއި އީއައިއޭ ނިންމުމަށްފަހު މޭ މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢު ފެށުމާއެކު، ނިލަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަތަކަށް ހައްލެއް ލިބި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑަބްލިޔުއެސްސީއަށް ޑޮލަރު ހޯދުމަށް 2 ގޮތަކަށް މަސައްކަތް ކުރަނީޚަބަރު | 7 ގަޑިއިރު ކުރިންއެމްޑަބްލިޔުއެސްސީ އިން ހިމަންދޫގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފިޚަބަރު | 17 ދުވަސް ކުރިންއެމްޑަބްލިއުއެސްސީގެ 10،000 ޓަނުގެ ފެން ރައްކާ ކުރާ ތާނގި ބޭނުންކުރަން ފަށައިފިވިޔަފާރި | 19 ދުވަސް ކުރިންއެމްޑަބްލިޔުއެސްސީ އިން ކެންދޫގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް ރައީސް އިފްތިތާހްކޮށްދެއްވައިފިޚަބަރު | 25 ދުވަސް ކުރިން