logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑަބްލިޔުއެސްސީއަށް ޑޮލަރު ހޯދުމަށް 2 ގޮތަކަށް މަސައްކަތް ކުރަނީ

ނުހާ އަޙްމަދު
5 ސެޕްޓެމްބަރު 2025 - 11:32
އެމްޑަބްލިޔުއެސްސީއަށް ޑޮލަރު ހޯދުމަށް 2 ގޮތަކަށް މަސައްކަތް ކުރަނީ

ޑޮލަރުން އާމްދަނީ ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި 2 ގޮތަކަށް މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ  އަބްދުލް މަތީން މުހައްމަދު ދައުލަތުގެ މީޑިއާއަށް ވިދާޅުވީ މި އަހަރު ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.

މަތީން ވިދާޅުވީ އެކުންފުނީގެ އަހަރީ އޮޕަރޭޝަނަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ބޭނުންވާކަމަށާއި ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ ސާމާނާއި ޑީސަލް ގަތުމަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ކުންފުނިން އައު ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ކުންފުންޏަށް ޑޮލަރުން އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމުކުރެވިފައި ނުވުމުން ދަތިތައް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ކުންފުންޏަށް ޑޮލަރުން އާމްދަނީ ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި 2 ގޮތަކަށް މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފަތުރިވެރިކަމުގެ ދާއިރާއިން މަސައްކަތް ކުރުމަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރޭގައި އެބަތިބި ޑޮލަރުން އާންމްދަނީ ލިބޭ ފަރާތްތައް. މިސާލަކަށް ޓުއަރިޒަމް ފެސިލިޓީ. މާފުއްޓަށް ބެލިއަސް، މާލެއަށް ބެލިއަސް. އަޅުގަނޑުމެން ދިރާސާ އެބަހަދަން އޭގަ އެފަރާތްތަކާއެކު އެގްރީމަންޓަކަށް ދެވިދާނެތޯ. އެބޭފުޅުން ޑޮލަރުން ޕޭމަންޓް ހަދަން. އެއީ ކިތައްމެ ކުޑަމިންވަރެއްވިއަސް" އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު .

މަތީން ވިދާޅުވީ އެމްޓީޑީސީއާ ގުޅިގެން ހދ. ނާގޯށީގައި ތަރައްގީކުރަމުންދާ ރިސޯޓު ޕްރޮޖެކްޓުގައި އެމްޑަބްލިޔުއެސްސީގެ ބައިވެރިވުން ހިމެނުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ.

އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމު ޕްލޭން ކުރުމާއި، ޑިޒައިން ކުރުމާއި، އިމްޕްލިމެންޓޭޝަންގެ ތަޖުރިބާ ކުންފުންޏަށް ލިބިފައިވާތީ، އެ ހުނަރުތައް ޓޫރިޒަމް ސެކްޓަރގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކުގައި ބޭނުންކޮށްގެން ޑޮލަރުން އާމްދަނީ ހޯދުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭކަމަށް ވެސް މަތީން ވިދާޅުވިއެވެ.

އަދި ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން މިހާރު އެންމެ އިސްކަމެއް ދެނީ ޑޮލަރުން އާމްދަނީ ހޯދުމުގެ ދާއިމީ ހައްލެއް ގާއިމުކުރުމަށް ކަމަށާއި، މި މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފެންނަން ފަށާނެ ކަމުގެ އުންމީދު އޮތް ކަމަށް ގަބޫލުކުރާކަމަށް ވެސް މަތީން ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަމު ތުނޑީގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފިޚަބަރު | 12 ގަޑިއިރު ކުރިން4000 ފްލެޓްގެ ނަރުދަމާ މަސައްކަތް ޓެސްޓިން މަރުހަލާގައިޚަބަރު | މަހެއް ކުރިންއެމްޑަބްލިޔުއެސްސީއަށް ޑޮލަރު ހޯދުމަށް 2 ގޮތަކަށް މަސައްކަތް ކުރަނީޚަބަރު | 2 މަސް ކުރިންއެމްޑަބްލިޔުއެސްސީ އިން ހިމަންދޫގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފިޚަބަރު | 2 މަސް ކުރިން