logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގައި ޤާއިމްކުރި ފެންއުފައްދާ އާރޯ ޕަލާންޓް ބޭނުން ކުރަން ފަށައިފި

އައިޝަތު ނަޝާ
13 ފެބްރުއަރީ 2026 - 07:16
ހުޅުމާލޭގައި ޤާއިމްކުރި ފެންއުފައްދާ އާރޯ ޕަލާންޓް ބޭނުން ކުރަން ފަށައިފި

ހުޅުމާލޭގައި ޤާއިމްކުރި 5000 ޓަނުގެ ފެން އުފެއްދޭ އާރްއޯ ޕްލާންޓްގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފަށައިފިއެވެ.

ހުޅުމާލޭގައި ބޭނުން ކުރަން ފެށި 5000 ޓަނުގެ ފެން އުފައްދާ އާރްއޯ ޕްލާންޓު ބޭނުން ކުރަން ފެށުމާއެކު މާލެއާއި ހުޅުމާލެގެ ފެން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހަރުދަނާވެގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ. އަދި ރަމަޟާން މަހަކީ ފެނުގެ ޑިމާންޑް ބޮޑު މައްސަރަކަށްވުމުން އެ ޕްލާންޓާއެކު ޑިމާންޑާ އެއްވަރަށް ފެންފޯރުކޮށްދިނުމަށް އެހީތެރިވެދޭނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން އެމްޑަބްލިޔުއެސްސީގެ ފެން ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި މާލޭގައި 13،000 ޓަނުގެ 2 ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިއީ 26000 ޓަނުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން ލިބޭނެ ޕްލާންޓްތަކެކެވެ.

މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މާލެ ހުޅުމާލޭގައި ދުވާލަކު 10،000ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

އޭގެ ތެރެއިން މިދިޔަ އަހަރު ވަނީ 5000 ޓަނުގެ ފެން އުފައްދާ އެއް ޕްލާންޓްގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފަށާފައެވެ. އަދި މިހާރު މިވަނީ 5000 ޓަނުގެ ފެން އުފައްދާ އަނެއް ޕްލާންޓްވެސް ބޭނުން ކުރަން ފަށާފައެވެ.

މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާނގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތްވެސް އެމްޑަބްލިޔުއެސްސީންދަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ޤާއިމްކުރި ފެންއުފައްދާ އާރޯ ޕަލާންޓް ބޭނުން ކުރަން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންމާފުށީގެ ދުވަސްވީ ނަރުދަމާ އަޕްގްރޭޑްކޮށް އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އަޅަން ހަވާލުކޮށްފިޚަބަރު | 21 ގަޑިއިރު ކުރިންމާލޭގައި 13،000 ޓަނުގެ 2 ފެން ތާނގީ ބަހައްޓަނީޚަބަރު | 15 ދުވަސް ކުރިންއެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފިޚަބަރު | މަހެއް ކުރިން