logo
Bank of Maldives

Bank of Maldives

ޚަބަރު

ތިން ބައްޔެއް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ!

އައިޝަތު ނަޝާ
20 މޭ 2026 - 05:04
ތިން ބައްޔެއް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ!

ތިން ބައްޔެއް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ)އެކަން ފާހަގަކޮށް ހަނދާނީ ފިލާއަރުވައިފިއެވެ.

އެ ތިން ބައްޔަކީ،މައިމީހާގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ "ޓްރިޕަލް އެލިމިނޭޝަން" އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައިންގެ ފަރާތުން ދަރިންނަށް އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ވާރުތަވުން ނައްތާލާފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަށަވަރުކޮށްދީ، ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ އާންމު ސިއްހަތުގެ ދާއިރާއިން ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ކަން ފާހަގަކޮށް، އެކަމުގެ ހަނދާނީ ފިލާ މިނިސްޓަރ އޮފް ހެލްތު، ފެމެލީ އެންްޑް ވެލްފެއަރ ގީލާ އަލީއަށް އަރުވާފައިވަނީ މިހާރު ޖެނިވާގައި ކުރިއަށްދާ 79 ވަނަ ވޯލްޑް ހެލްތު އެސެންބްލީގައެވެ.

މިނިސްޓަރ ވަނީ، މި ކާމިޔާބީ ރާއްޖެއިން ޙާޞިލްކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ޞިއްޙީ ޚިދުމަތްތެރިންގެ މަސައްކަތަށް ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ. އަދި މި ކާމިޔާބީ ދެމެހެއްޓުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ދެއްވަމުންގެންދަވާ އެހީތެރިކަމާ އެއްބާރުލުމަށް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

މި ކާމިޔާބީއާއެކު، ދިވެހިރާއްޖެ ވެގެން ގޮސްފައިވަނީ މި ތިން ބަލި އެކުގައި ނައްތާލައި، އެކަން ދަމަހައްޓާފައިވާ ދުނިޔޭގެ އެންމެ ފުރަތަމަ ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ. މިއީ މައިންނާއި ކުޑަކުދިންގެ ސިއްހަތަށް، މާބަނޑު ދުވަސްވަރު އެންމެން ސްކްރީން ކުރުމަށް (ބަލި ހުރިތޯ ބެލުމަށް) އަދި ރާއްޖޭގެ ބެހިފައިވާ ރަށްތަކުގެ ސިއްހީ ނިޒާމުގެ ތެރެއިން ވެކްސިން ދިނުމުގެ ވަރުގަދަ ނިޒާމަކަށް ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތް އިންވެސްޓްމަންޓްތަކެއް ކޮށްގެން ހާސިލްކުރެވުނު ނަތީޖާއެކެވެ.

ދިވެހިރާއްޖެއިން މީގެ ކުރިން 2019 ވަނަ އަހަރު ވެސް ވަނީ މައިންގެ ފަރާތުން ކުދިންނަށް އެޗް.އައި.ވީ އަދި ސިފިލިސް ވާރުތަވުން ނައްތާލާފައިވާކަމުގެ ޑަބްލިޔު.އެޗް.އޯ ގެ ކަށަވަރުކުރުން ހޯދާފައެވެ. އަދި އޭގެ ފަހުން އުފަންވާ ކުދިންގެ ގައިން އެޗް.އައި.ވީ އަދި ވިހާއިރު ހުންނަ ސިފިލިސް (ކޮންޖެނިޓަލް ސިފިލިސް) ޖެހިފައިވާ އެއްވެސް ކޭހެއް ފެނިފައެއް ނުވެއެވެ. މާބަނޑު މީހުންނަށް ދޭ ސިއްހީ ފަރުވާގެ ނިސްބަތް %95 އަށް ވުރެ މަތީގައި ހުރުމާއި، ވިހާ ގޮތަށް ދޭ ވެކްސިން ޑޯޒް ދޭ ނިސްބަތް މަތިވުމުގެ ސަބަބުން، މިހާރު މި ކާމިޔާބީ ވަނީ ހެޕަޓައިޓިސް ބީ އަށް ވެސް ފުޅާކޮށްފައެވެ.

މި ކާމިޔާބީ ހާސިލްކުރެވުނީ ގައުމީ ސިއްހީ އިދާރާތަކާއި، ޑަބްލިޔު.އެޗް.އޯ، ޔުނިސެފް އަދި ރަށްރަށުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިން ގުޅިގެން ކުރި މަސައްކަތުންނެވެ. މީގެ އިތުރުން، ބަލިތައް މޮނިޓާކުރާ ނިޒާމުތައް ވަރުގަދަކުރުމާއި ޑިޖިޓަލް ހެލްތު ޕްލެޓްފޯމްތަކުގެ އެހީތެރިކަން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ޑަބްލިޔު.އެޗް.އޯ ގެ މި ބަލައިގަތުމާއެކު، މައިންގެ ފަރާތުން ދަރިންނަށް ބަލިތައް ވާރުތަވުން ހުއްޓުވުމުގައްޔާއި، ކޮންމެފަދަ ހާލަތަކަށްވެސް ތައްޔާރަށް އޮތް ވަރުގަދަ ސިއްހީ ނިޒާމެއް ބިނާކުރުމުގައި ދިވެހިރާއްޖެ ދުނިޔޭގެ ކުރިމަތީގައި ނަމޫނާ ގައުމަކަށް ވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން ބައްޔެއް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ!ޚަބަރު | 2 ގަޑިއިރު ކުރިންއެމްޑަބްލިއުއެސްސީގެ ޗެއާމަންކަމުން ޝަމްހޫޒާ އަޙުމަދު ވަކިކޮށްފިޚަބަރު | 3 ދުވަސް ކުރިންއެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް ހުސެއިން ފަހުމީ އައްޔަނު ކޮށްފިޚަބަރު | މަހެއް ކުރިންފެން ކުންފުނީގެ އެމްޑީ މަތީނު ވެސް އިސްތިއުފާ ދެއްވައިފިޚަބަރު | މަހެއް ކުރިން