logo
MPL

MPL

ޚަބަރު

ވިހިހާސް ލީޓަރުގެ ތާނގީގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިމޭނެ: ފަހުމީ

އައިޝަތު ނަޝާ
9 ސެޕްޓެމްބަރު 2026 - 08:22
ވިހިހާސް ލީޓަރުގެ ތާނގީގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިމޭނެ: ފަހުމީ

މާލޭގައި ގާއިމްކުރާ 20،000 ލީޓަރުގެ ތާނގީގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިންމައި ބޭނުންކުރަން ފަށާނެ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އިންފްރާސްޓަރަކްޗާއަކީ މީގެ 30 އަހަރު ކުރީގެ އިންފްރާސްޓްރަކްޗާތަކެއް ކަމަށާއި ތާނގީތަކުގެ ގޮތުގައިވެސް ހުރީ ކޮންކްރީޓް ތާނގީތަކެއް ކަމަށެވެ. އޭގެ ސަބަބުން ތާނގީތަކުން ފެން ލީކްވުންފަދަ ކަންކަމުގައި މެއިންޓެއިންކޮށް ބެލެހެއްޓުމަކީ ފަސޭހަކަމެއްނޫން ކަމަށް ފަހުމީ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަހުމީ ވިދާޅުވީ އެމައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖޭގައި މިހާތަަނަށް ގާއިމުކުރާ އެންމެ ބޮޑު އަދި އެންމެ އުސް ތާނގީތައް ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

"އެއީ 20،000 ލީޓަރުގެ ތާނގީއެއް . ތާނގީއަށް އޯޑަރުކުރެވި، ފައުންޑޭޝަން އެޅުމުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ސެޕްޓެމްބަރަށް މިހާރު ބޭނުންކުރާ ތާނގީ ޑީކޮމިޝަންކޮށް، އައު ތާނގީއަށް ފެން ޓްރާންސްފާކޮށް ނިމޭނެ" އެމްޑީ ފަހުމީ

ފަހްމީ ވިދާޅުވީ މިއީ މާލޭގެ ވޯޓާ ސެކިއުރިޓީއަށް ލިބޭ ވަރަށް ބޮޑު ޔަގީންކަމެއް ކަމަށެވެ. އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެ ތާނގި ނިމި، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގައިން ހުޅުމާލެއަށް ފެން ގެނައުމުގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑަބްލިއުއެސްސީން އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތާ ރަސްމީކޮށް ހަވާލުވެއްޖެ ޚަބަރު | މަހެއް ކުރިންޔުޓިލިޓީ ހިދުމަތް ހަރުދަނާކުރަން މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިންއައްޑޫސިޓީ އާއި ފުވައްމުލަކުގެ ފެނާ ނަރުދަމާ ގެ މަސައްކަތް އެމްޑަބްލިއުއެސްސީގެ ދަށަށްޚަބަރު | މަހެއް ކުރިންވިހިހާސް ލީޓަރުގެ ތާނގީގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިމޭނެ: ފަހުމީޚަބަރު | 2 މަސް ކުރިން