logo
MPL

MPL

ޚަބަރު

އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުއާޒު އައްޔަންކުރައްވައިފި

ޒިދާން މުޙައްމަދު
9 ޖުލައި 2026 - 14:17
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުއާޒު އައްޔަންކުރައްވައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ކުރިން ފުރުއްވި މުއާޒު މުހައްމަދު ރަޝީދު، މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.

ސަރުކާރުގެ ފެން ކުންފުނީގެ ޑީއެމްޑީގެ މަގާމަށް މުއާޒު އައްޔަންކުރަން ނިންމީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. މިއީ ފެނަކައިގެ އިސް މަގާމުން އޭނާ ވަކިވެވަޑައިގަތުމަށްފަހު ސަރުކާރުގެ ކުންފުންޏަކުން އޭނާ ފުރުއްވާ ފުރަތަމަ އިސް މަގާމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަށްރަށުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ފެނަކައިގެ އެމްޑީގެ މަގާމުން މުއާޒު ވަކިވެވަޑައިގަތީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހާމަކުރެއްވި ގޮތުގައި، ފެނަކައިގެ ހަރަދުތައް އާމްދަނީއަށް ވުރެ ބޮޑުވެ، ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭ ފަދަ ދަތި ހާލަތަކަށް ކުންފުނި އޮތީ ގޮސްފަ އެވެ.

އެ ދުވަސްވަރު މުއާޒު ވިދާޅުވީ "ކުންފުނީގެ ކަންކަން އިސްލާހު ކުރުމަށް އިތުރު ފުރުސަތެއް އޮތް ކަމަށް ގަބޫލުނުކުރެވޭތީ މަގާމުން ދުރުވާން ނިންމެވީ" ކަމަށެވެ. މުއާޒުގެ އިސްތިއުފާއަށްފަހު ފެނަކައިގެ ހިންގުމަށް އެކި ބަދަލުތައް ވަނީ އައިސްފައެވެ.

މުއާޒު ފެނަކައިން ވަކިވެވަޑައިގަތުމުން އެ މަގާމަށް ފުރަތަމަ އައްޔަންކުރެއްވީ މުހައްމަދު ނަޖާހުއެވެ. ނަމަވެސް، ފަހުން އޭނާ ބަދަލުކޮށް، މިދިޔަ އޭޕްރީލް މަހުން ފެށިގެން ފެނަކައިގެ އެމްޑީގެ މަގާމު ފުރުއްވަމުން ގެންދަވަނީ މުހައްމަދު އަފީފުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑަބްލިޔުއެސްސީގެ އޮޑިޓޯރިއަމް ހުޅުވައިފިވިޔަފާރި | 18 ގަޑިއިރު ކުރިންރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފައްދަން ފަށަނީޚަބަރު | 7 ދުވަސް ކުރިންއެމްޑަބްލިއުއެސްސީގެ އިސްވެރިން ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފިޚަބަރު | 13 ދުވަސް ކުރިންއެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުއާޒު އައްޔަންކުރައްވައިފިޚަބަރު | 2 މަސް ކުރިން