logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑަބްލިއުއެސްސީގެ ޗެއާމަންކަމުން ޝަމްހޫޒާ އަޙުމަދު ވަކިކޮށްފި

މަރިޔަމް މާޙީ
17 މޭ 2026 - 09:11
އެމްޑަބްލިއުއެސްސީގެ ޗެއާމަންކަމުން ޝަމްހޫޒާ އަޙުމަދު ވަކިކޮށްފި

މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޗެއަރމަންކަމުގެ މަޤާމުންނާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ސ. ފޭދޫ، ނާޒުކީގޭ އަލްފާޟިލާ ޝަމްހޫޒާ އަޙުމަދު މިއަދު ވަކިކޮށްފިއެވެ.

ޝަމްހޫޒާ އަޙުމަދު އެމްޑަބްލިއުއެސްސީގެ ޗެއާމަންގެ މަގާމަށް އައްޔަނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި، 26 ޑިސެމްބަރު 2023 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަގާމުން ވަކިކުރެވުނު ޝަމްހޫޒާ އަކީ މީގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ ޑިރެކްޓަރެއްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާ ވަނީ މިނިސްޓްރީ އޮފް ހައުސިންގްގެ އިސް މަގާމުތަކެއްވެސް މީގެ ކުރިން އަދާކުރައްވާފައެވެ.

އެމްޑަބްލިއުއެސްސީގެ ބޯޑަށް މި ބަދަލު އައިސްފައިވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަބްދުލް މަތީން ވަނީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޝަމްހޫޒާ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މިއީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން އައި ބަދަލެއް ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިހިހާސް ލީޓަރުގެ ތާނގީގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިމޭނެ: ފަހުމީޚަބަރު | 10 ދުވަސް ކުރިންއެމްޑަބްލިޔުއެސްސީގެ އޮޑިޓޯރިއަމް ހުޅުވައިފިވިޔަފާރި | 22 ދުވަސް ކުރިންރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފައްދަން ފަށަނީޚަބަރު | މަހެއް ކުރިންއެމްޑަބްލިއުއެސްސީގެ އިސްވެރިން ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފިޚަބަރު | މަހެއް ކުރިން