logo
MPL

MPL

ޚަބަރު

ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފެއްދުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
22 އޯގަސްޓު 2026 - 15:06
ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފައްދަން ފަށަނީ

ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފެއްދުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ، ރާއްޖޭގެ ފެނުގެ ނިޒާމު ހަރުދަނާކޮށް އަތޮޅުތަކަށް އެ ހިދުމަތް ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އަދި އެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ރާވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ކަނޑުގެ އަޑިން ފެން އުފެއްދުމުގެ އީޖާދީ މަޝްރޫއު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަހުމީ އިތުރަށް ވިދާޅުވީ ކަނޑުގެ 500 މީޓަރު އަޑީގައި ޕްލާންޓް ގާއިމްކޮށްގެން ފެން އުފެއްދުމުގެ މި މަޝްރޫއު ކުރިއަށް ގެންދަނީ އެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެން ކަމަށެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައި ވާއިރު، ފީސިބިލިޓީ ދިރާސާތަކާއި ފަންނީ އަދި ތިމާވެށްޓާ ގުޅޭ އެސެސްމެންޓްތައް މިހާރު ދަނީ ހަދަމުންނެވެ. މި ހުރިހާ މަރުހަލާއެއް ނިންމުމަށްފަހު އަންނަ އަހަރުގެ މެދުތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ އެވެ.

"އެންމެ ފުރަތަމަ މި ހަދަނީ ފައިނޭންޝަލް ފީސިބިލިޓީ، ކިހާ ބޮޑު އިންވެސްޓުމަންޓެއްތޯ ދާނީ. މީގައި އެބަހުރި ވަރަށް ބޮޑު އެޑްވާންޓޭޖްތަކެއް. އެނަޖީ އެފިޝިއަންޓުވުމާއި ރިޖެކްޓް ވޯޓާ ކަނޑަށް ދޫކޮށްލަން ފަސޭހަވުމާއި އޭގެ އިތުރުން 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނެއް،" ފަހުމީ ވިދާޅުވި އެވެ.

މީގެ ސަބަބުން ފެނުގެ ޕްރެޝަރު މަތިވުމުން މަސައްކަތުގެ ހަރަދު ކުޑަވާނެ ކަމަށާއި، އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ބިމުގެ ދަތިކަން ކުރިމަތިވާތީ މިއީ ރާއްޖެ ފަދަ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ތިލަމާލެ ބްރިޖާއެކު މާލެ އާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމަށްޓަކައި ހޮޅި އެޅުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ. މިއީ ވަރަށް ބޮޑު ހޭދައެއް ހިނގާނެ ނެޓްވޯކެއް ކަމަށާއި، ބްރިޖުގެ މަސައްކަތް ނިމެންވާއިރަށް އެ މަޝްރޫއު ފެށުމަށްޓަކައި ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފައްދަން ފަށަނީޚަބަރު | ގަޑިއިރެއް ކުރިންއެމްޑަބްލިއުއެސްސީގެ އިސްވެރިން ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފިޚަބަރު | 6 ދުވަސް ކުރިންއެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުއާޒު އައްޔަންކުރައްވައިފިޚަބަރު | މަހެއް ކުރިންތިން ބައްޔެއް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ!ޚަބަރު | 3 މަސް ކުރިން