logo
MPL

MPL

ޚަބަރު

އެމްޑަބްލިއުއެސްސީގެ އިސްވެރިން ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފި

އައިޝަތު ނަޝާ
16 އޯގަސްޓު 2026 - 12:20
އެމްޑަބްލިއުއެސްސީގެ އިސްވެރިން ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފި

އެމް. އެން. ޑީ. އެފް. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ "ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް" އެމްޑަބްލިއުއެސްސީގެ އިސްވެރިން ކާމިޔާބުކަމާއެކު ފުރިހަމަކޮއްފިއެވެ.

މި ޕްރޮގްރާމަކީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި، އަޚުލާޤާއި، ސްޓްރެޓީޖިކް ވިސްނުމުގެ އިތުރުން ސާބިތުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.

އަދި މި ޕްރޮގްރާމުން ޙާސިލުކުރެވުނު ޢިލްމާއި ތަޖުރިބާގެ އަލީގައި ކުންފުނީގެ ނިންމުންތައް އިތުރަށް ހަރުދަނާވެ، މަސައްކަތުގެ މާޙައުލުގައި ޓީމުތަކުގެ ޤާބިލުކަން އިތުރުވެ، މުސްތަޤުބަލަށް ތައްޔާރުވެފައިވާ ލީޑަރުންތަކެއް އުފެދިގެންދާނެ ކަމަށާއި،މީގެ ސަބަބުން ކުންފުނީގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

View post on Twitter
Ad by Hajj Corporation

Ad by Hajj Corporation



މީގެއިތުރުން ޤައުމަށް ބޭނުންތެރި، ޤާބިލު ލީޑަރުން ބިނާކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަމާއި، މިނިސްޓަރ އޮފް ޑިފެންސް، ޗީފް އޮފް ޑިފެންސް ފޯސް އަދި އެމްއެންޑީއެފްގެ ލީޑަރޝިޕުން ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑަބްލިއުއެސްސީގެ އިސްވެރިން ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުއާޒު އައްޔަންކުރައްވައިފިޚަބަރު | މަހެއް ކުރިންތިން ބައްޔެއް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ!ޚަބަރު | 3 މަސް ކުރިންއެމްޑަބްލިއުއެސްސީގެ ޗެއާމަންކަމުން ޝަމްހޫޒާ އަޙުމަދު ވަކިކޮށްފިޚަބަރު | 3 މަސް ކުރިން