logo
MPL

MPL

ވިޔަފާރި

އެމްޑަބްލިޔުއެސްސީގެ އޮޑިޓޯރިއަމް ހުޅުވައިފި

އައިޝަތު ނަޝާ
28 އޯގަސްޓު 2026 - 10:57
އެމްޑަބްލިޔުއެސްސީގެ އޮޑިޓޯރިއަމް ހުޅުވައިފި

ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީގެ އޮޑިޓޯރިއަމް ހުޅުވައިފިއެވެ. މި އޮޑިޓޯރިއަމް ހުޅުވައިދެއްވީ ޝައިޚް އަޙްމަދު ސަމީރުއެވެ.

މިއީ އެމްޑަބްލިޔުއެސްސީގައި ގާއިމްކުރި ފުރަތަމަ އޮޑިޓޯރިއަމެވެ. މީގެކުރިން އެކުންފުނީގައި އޮޑިޓޯރިއަމެއް ނެތުމުގެ ސަބަބުން ބައްދަލުވުންތައް ބާއްވަންޖެހެނީ އެކިއެކި ތަންތަން ކުއްޔަށް ނަގައިގެންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ނަމަވެސް އަލަށް މި ހުޅުވުނު އޮޑިޓޯރިއަމާއެކު މިކަމަށް ހައްލެއް ލިބޭނެކަން ވަނީ ފާހަގަކުރައްވާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

 

އެމްޑަބްލިޔުއެސްސީގެ އައު އޮޑިޓޯރިއަމަކީ 425 މީހުންގެ ކޮންފަރެންސް ރޫމަކާއި، 28 މީހުންގެ ބޯޑް ރޫމެއް ހިމެނޭ އޮޑިޓޯރިއަމެކެވެ. މިތަނުގައި ކޭޓަރިން ޚިދުމަތް ދެވޭނެ އިންތިޒާމާއި ކޮންފަރެންސްތަކާއި ބައްދަލުވުންތައް ބޭއްވޭނެ އެންމެ ޒަމާނީ ވަސީލަތްތައް ވަނީ ތަރައްޤީކޮށްފައެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މިތަން ތަރައްޤީކޮށްފައިވަނީ އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންކަމަށެވެ. މި އޮޑިޓޯރިއަމް ނިންމާލާފައިވަނީ 45 ދުވަހުންކަމަށް ފަހުމީ ވިދާޅުވިއެވެ.

މިތަން ކޯޕަރޭޓް އިވެންޓްތަކާއި ސަރުކާރުގެ އެކިއެކި އިވެންޓްތަކަށް ދޫކުރާނެކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. އޮޑިޓޯރިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑަބްލިއުއެސްސީން އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތާ ރަސްމީކޮށް ހަވާލުވެއްޖެ ޚަބަރު | މަހެއް ކުރިންޔުޓިލިޓީ ހިދުމަތް ހަރުދަނާކުރަން މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިންއައްޑޫސިޓީ އާއި ފުވައްމުލަކުގެ ފެނާ ނަރުދަމާ ގެ މަސައްކަތް އެމްޑަބްލިއުއެސްސީގެ ދަށަށްޚަބަރު | މަހެއް ކުރިންވިހިހާސް ލީޓަރުގެ ތާނގީގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިމޭނެ: ފަހުމީޚަބަރު | 2 މަސް ކުރިން