logo
Bank of Maldives

Bank of Maldives

ޚަބަރު

އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

އިސްމާޢިލް ރާތިޢު
3 ޖެނުއަރީ 2026 - 04:54
އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4000 ފްލެޓުގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އަމާން އުދަރެސް އަދި އަމާން ހިޔާގެ ހުރިހާ ޓަވަރެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމާއި ޓެސްޓް ކުރުމާއި ކޮމިޝަން ކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ހުރިހާ ފްލެޓަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ގާއިމުކޮށް ނިމިފައިވާ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter



މި މަސައްކަތްތަކާއެކު މިހާރު ހުރިހާ ފްލެޓަކަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އަމާން އުދަރެސް އަދި އަމާން ދޯދީގެ ފެނުގެ ޚިދުމަތް ފިޔަވައި އެހެން ހުރިހާ މަސައްކަތެއް މިދިޔަ ޑިސެމްބަރު މަހު ނިމިފައިވާ ކަމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމާއެކު އެ ފްލެޓުތަކުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.

އެފްޑީސީން މިހާރު އަންނަނީ ހުރިހާ ފެލްޓެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް މި ޖެނުއަރީ މަހުގެ ނިޔަލަށް ނިންމުމަކީ އެ ކުންފުނީގެ އަމާޒެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ދަށުން 1000 ހައުސިންގ ޔުނިޓު އެޅުމަށް ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފިޚަބަރު | 19 ދުވަސް ކުރިންއެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުއާޒު އައްޔަންކުރައްވައިފިޚަބަރު | މަހެއް ކުރިންމި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް: ނާޖާއިޒު ނުފޫޒުތަކުން ބޯހިޔާވަހިކަން ހޯދުމަށް އޮތް މަގު ނިމުމަކަށް ރިޕޯޓް | މަހެއް ކުރިންބޯހިޔާވަހިކަމުގެ މަޝްރޫޢުތައް 2028 ގެ މެދުތެރެއަށް ނިންމަވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިޚަބަރު | މަހެއް ކުރިން