logo
Bank of Maldives

Bank of Maldives

ވިޔަފާރި

އެމްޑަބްލިއުއެސްސީގެ 10،000 ޓަނުގެ ފެން ރައްކާ ކުރާ ތާނގި ބޭނުންކުރަން ފަށައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
17 އޯގަސްޓު 2025 - 16:38
އެމްޑަބްލިއުއެސްސީގެ ބޮޑު ތާނގި ބޭނުންކުރަން އިފްތިތާޙްކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން -- މެންދުރު ފޮޓޯ: ހުސައިން ޝައްމާޙް
އެމްޑަބްލިއުއެސްސީގެ ބޮޑު ތާނގި ބޭނުންކުރަން އިފްތިތާޙްކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން -- މެންދުރު ފޮޓޯ: ހުސައިން ޝައްމާޙް

އެމްޑަބްލިއުއެސްސީން ހުޅުމާލޭގައި ބިނާ ކުރި 10،000 ޓަނުގެ ފެން ރައްކާކުރާ ތާނގީގެ ޢަމަލީ މަސައްކަތްތައް ނިންމައި، އެ ތާނގި ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ތާނގި ބޭނުންކުރުން އިފްތިތާޙްކޮށްދެއްވީ ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ތާނގި އަކީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ އަމިއްލަ މަސައްކަތުން ޤާއިމްކުރި ތާނގިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބެހެއްޓުނު އެންމެ ބޮޑު ތާނގީއަށް ވާއިރު، 24 މީޓަރުގެ އުސް މި ތާނގީގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި ތާނގިއާއެކު ހުޅުމާލޭގެ ފެން ރައްކާކުރެވޭ މިންވަރު 22،600 އަށް އިތުރުވާނެ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ. އަދި އެ ތާނގިއަކީ ހުޅުމާލޭގެ ފެން ރައްކާ ކުރާ މިންވަރަށް ލިބުނު 79 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި، އެ ތާނގިއާއެކު މާލޭ އަދި ހުޅުމާލޭގެ ފެން ރައްކާކުރެވޭ މިިންވަރު މުޅި ޖުމްލަ 46،000 ޓަނަށް އިތުރުވެފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ޤާއިމްކުރި ފެންއުފައްދާ އާރޯ ޕަލާންޓް ބޭނުން ކުރަން ފަށައިފިޚަބަރު | މަހެއް ކުރިންމާފުށީގެ ދުވަސްވީ ނަރުދަމާ އަޕްގްރޭޑްކޮށް އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އަޅަން ހަވާލުކޮށްފިޚަބަރު | މަހެއް ކުރިންމާލޭގައި 13،000 ޓަނުގެ 2 ފެން ތާނގީ ބަހައްޓަނީޚަބަރު | 2 މަސް ކުރިންއެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފިޚަބަރު | 2 މަސް ކުރިން