logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑަބްލިޔުއެސްސީ އިން ކެންދޫގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް ރައީސް އިފްތިތާހްކޮށްދެއްވައިފި

ޝަހްޒާ މުހައްމަދު
11 އޯގަސްޓު 2025 - 13:46
އެމްޑަބްލިޔުއެސްސީ އިން ކެންދޫގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް ރައީސް އިފްތިތާހްކޮށްދެއްވައިފި

އެމްޑަބްލިޔުއެސްސީ އިން ބ.ކެންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ

ބ.ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ ޑިރެކްޓަރު އަބްދުލް މަތީން މުހއްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

މިމަޝްރޫޢުގެ ދަށުން، ކެންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. މީގެ އިތުރުން، ފެންރައްކާ ކުރުމަށް ތާނގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ވެސް ވަނީ ގާއިމްކޮށްފައެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ގެ ކަނެކްޝަން ވަނީ ގުޅާފައެވެ. އަދި ހަމަ މިއާއި އެކު، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫޢުގެ ދަށުން އެމްޑަބްލިއުއެސްސީއިން ވަނީ ފޯރުކޮށްފައެވެ.

ބ.ކެންދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި  ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫއުގެ ޖުމްލަ އަގަކީ 56.61 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫއުގެ ސަބަބުން ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެންދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ ޚަބަރު | 3 ދުވަސް ކުރިންކުށުން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކެންދޫގަޚަބަރު | 8 ދުވަސް ކުރިންއެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފިޚަބަރު | 20 ދުވަސް ކުރިންމާލެ-ހުޅުމާލެ ފެނުގެ ކަނެކްޓިވިޓީ ވިއުގަ މިއަހަރު ބޭނުންކުރަން ފަށަނީޚަބަރު | 2 މަސް ކުރިން