logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއޭސީއެލްއިން ހިންގުމާ ހަވާލުވުމުން ހަނިމާދޫ އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަވާނެ: އެމްޑީ ޝަރީފް

އާމިނަތު ޝަފާ
5 އޮކްޓޯބަރު 2025 - 10:48
އެމްއޭސީއެލްއިން ހިންގުމާ ހަވާލުވުމުން ހަނިމާދޫ އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަވާނެ: އެމްޑީ ޝަރީފް

އެމްއޭސީއެލް އިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާއި ހަވާލުވުމުން އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަ ވެގެންދާނެ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީ މިފަދައިން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން އެމްއޭސީއެލްގެ ސީނިއާ މެނޭޖުމަންޓުގެ ބޭފުޅުންނާއި އިމިގްރޭޝަން ކޮންޓްރޯލަރު, ސީޕީ ރިޓަޔާޑް އަހުމަދު ފަސީހު އާއި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް, މޯލްޑިވްސް އިމިގްރޭޝަން, މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ, ޕޮލިސް, އެމްއެންޑީއެފް, މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް) އަދި އެމްއޭސީއެލްގެ ވެރިންނާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުގެ އޮފިޝަލުންވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ރަނގަޅަށް ނެތް ކަންކަން ހައްލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމްއޭސީއެލް އިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާއި ހަވާލުވުމުން އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަ ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސީއީއޯ ޝަރީފު އިތުރަށް ވިދާޅުވީ, އެމްއޭސީއެލްގެ ކޮންމެ ކަމެއްގައިވެސް ކަމާގުޅޭ ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ހޯއްދަވާނެ ކަމަށާއި އެ ސްޓޭކްހޯލްޑަރުންނަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބެމުންދާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށްފި ޚަބަރު | 3 ދުވަސް ކުރިންއެއަރޕޯޓް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާގެ އާމަދަނީއެއްވިޔަފާރި | 4 ދުވަސް ކުރިންކޮމަންޑޫގެ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރަން އެމްއޭސީއެލަށްޚަބަރު | 6 ދުވަސް ކުރިންހަނިމާދޫ އެއާޕޯޓުގެ މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލުގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ޚަބަރު | 6 ދުވަސް ކުރިން