logo
Bank of Maldives

Bank of Maldives

ވިޔަފާރި

އެއަރޕޯޓް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާގެ އާމަދަނީއެއް

އައިޝަތު ނަޝާ
16 އޮކްޓޯބަރު 2025 - 06:50
އެއަރޕޯޓް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާގެ އާމަދަނީއެއް

އެއަރޕޯޓް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާގެ އާމަދަނީއެއް ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން ވަނީ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި، ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައިގެން، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް އާންމުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއަރޕޯޓް ޓެކުހާއި ފީ، އޭޓީއެފްގެ ގޮތުގައި ދަޢުލަަތަށް ލިބުނު އާމްދަނީ ވަނީ 2.5 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އޭޓީއެފްގެ ގޮތުގައި ދައުލަތަށް ލިބުނު 1.5 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 51 އިންސައްތަ އިތުރު އަދަދެކެވެ.

އޭޓީއެފްގެ ގޮތުގައި ދައުލަަތަށް ލިބުނު އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ޓެކްސް ނަގާ ރޭޓް ބޮޑުކުރުން ހިމެނެއެވެ. ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1.5 މިލިޔަން ފަތުރުވެރިންނާ އަޅާބަލާއިރު 13 އިންސައްތަ އިތުރު އަދަދެކެވެ.


ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ޓެކުސް ނުވަތަ ފީއެއް ނަގައެވެ. އެއީ ޑިޕާޗަރ ޓެކްސް އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 580،741 ފަތުރުވެރިންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއަރޕޯޓް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާގެ އާމަދަނީއެއްވިޔަފާރި | 5 ގަޑިއިރު ކުރިންކޮމަންޑޫގެ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރަން އެމްއޭސީއެލަށްޚަބަރު | 2 ދުވަސް ކުރިންހަނިމާދޫ އެއާޕޯޓުގެ މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލުގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ޚަބަރު | 2 ދުވަސް ކުރިންވީއައިއޭގެ ޓާމިނަލް 1 އިން ގަލްފް އެއާ އަށް ހިދުމަތް ދޭން ފަށައިފިޚަބަރު | 9 ދުވަސް ކުރިން