logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ފެބްރުއަރީ 2026 - 01:41
ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުން، ފޮޓޯ: ރައީސް އޮފީސް
ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުން، ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް ނުވަތަ ޓާމިނަލް 2 އަށް ރޭ ވަނީ ރަސްމީކޮށް ބަދަލުކޮށްފައެވެ. ނަ

އިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޝަރަފުވެރިކޮށްދެއްވި މި ބަދަލާއެކު، އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ވަސީލަތްތަކާއި ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާ ޑޮމެސްޓިކް ޓާމިނަލްގައި ޗެކިން ކައުންޓަރުތަކުގެ އަދަދު 8 އިން 27 އަށް އިތުރުކޮށްފައިވާއިރު، ސެކިއުރިޓީ ކްލިއަރެންސަށް ތިން މެޝިނާއި ހަ ޑިޕާޗާ ގޭޓު ވަނީ ގާއިމުކޮށްފައެވެ.

454972_941a6a95-6_.jpg

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުން، ފޮޓޯ: ރައީސް އޮފީސް

 

މީގެ އިތުރުން، ދެ ޖިންސަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމާއި، ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި، ތިން އެފްއެންޑްބީ އައުޓްލެޓްގެ އިތުރުން ކުރިއަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެގޭޖު ބެލްޓު މި ޓާމިނަލްގައި ހިމެނެއެވެ.

ޓްރެފިކް ފްލޯއަށް ގެނެވުނު ބަދަލުތައް

މި ބަދަލާ ގުޅިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޑޮމެސްޓިކް ފަސިންޖަރުން މިހާރު ޓެކްސީ ހޯދުމަށް ދާންޖެހޭނީ އާ ޓާމިނަލްގެ ޓެކްސީ ކިއުއަށެވެ. މި މަސައްކަތަކީ އެމްއޭސީއެލްގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވުނު މަސައްކަތެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

454966_018cbe82-a_.jpg

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުން، ފޮޓޯ: ރައީސް އޮފީސް

 

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ދެއްވާ އިސްކަމުގެ ނަތީޖާއެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ޒަމާނީ ޓާމިނަލްގެ ސަބަބުން ދަތުރުވެރިންނަށް ލިބޭ ހިދުމަތްތައް އަވަސްވެ، ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭ އިން އެއް މަސްތެރޭ އެންމެ ގިނަ ޓްރާންޝިޕްމަންޓް މުދާ އުފުލައި އައު ރެކޯޑެއް ގާއިމުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ އެއާ ކާގޯ ކުރަން ފަށައިފިޚަބަރު | 5 ދުވަސް ކުރިންބޭންކުގެ ހިދުމަތާ އެކު، ދަތުރުވެރިން މަޑުކޮށްލާނެ ހިތްފަސޭހަ އާ ޖާގައެއް ވީއައިއޭގައި ހަދައިފިޚަބަރު | 5 ދުވަސް ކުރިންމިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފިޚަބަރު | 7 ދުވަސް ކުރިން