logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއޭސީއެލް އިން އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެވޯޑެއް ދީފި

އިސްމާޢިލް ރާތިޢު
13 ފެބްރުއަރީ 2026 - 14:10
އެމްއޭސީއެލް އިން އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެވޯޑެއް ދީފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން, "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ދީފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި މިރޭ ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި މަރުހަބާ ވިދާޅުވީ އެމްއޭސީއެލްގެ ޗީފް އޮޕަރޭޓިން އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ އިސްވެރިންނާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވެލާނާ އެވޯޑްސްއަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް, އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައާޅާފައިވާ އެވޯޑެކެވެ.

މި އަހަރުގެ އެވޯޑް ރަސްމިއްޔާތުގައި 3 ދާއިރާއަކުން 22 އެވޯޑް ވަނީ ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވީ, ވެލާނާ އެވޯޑްސްއަކީ ހަމައެކަނި ދޭ އެވޯޑެއް ނޫން ކަމަށާއި އެއީ އެމްއޭސީއެލް އާއެކު ކޮންމެ ދުވަހަކުވެސް ސާބިތުވެ ތިއްބަވާ ކުންފުނީގެ ޕާޓްނަރުން, އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް, އެކުގައި ހޯދާ ކާމިޔާބީގެ އުފާފާޅުކުރުން ކަމަށެވެ.

އެގޮތުން އޮޕަރޭޝަނަލް ކުރިއެރުމަކީ އެމްއޭސީއެލްގެ ކާމިޔާބީ ވަޒަންކުރާ އެންމެ މުހިންމު އެއް މިންގަނޑު ކަމަށްވީ ނަމަވެސް ކުންފުނީގެ ކުރިއެރުމަކީ ހަމައެކަނި ނަންބަރު އިތުރުކުރުން ނޫން ކަމަށާއި އެއީ އޭގެ ސަބަބުން އަންނަ ހެޔޮ ބަދަލު ކަމަށްވެސް ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވިއެވެ.

ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު އިތުރަށް ވިދާޅުވީ, ކޮންމެ އަހަރަކުވެސް ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށާއި ކާގޯ އޮޕަރޭޝަންތައް އިތުރުކުރުމަށާއި ގައުމުގެ އިގުތިސާދު ވަރުގަދަކުރުމަށް މުހިންމު ލަނޑުދަނޑިތަކެއް ސަރުކާރުން ކަނޑައަޅުއްވާ ކަމަށާއި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއާލައިންތަކާއެކު ވަރުގަދަ ގުޅުމެއް ބޭނުންވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއޭސީއެލް އިން އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެވޯޑެއް ދީފިޚަބަރު | 2 ގަޑިއިރު ކުރިންރަސްމާލެއިން 116 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެޚަބަރު | ދުވަހެއް ކުރިންއެމްއޭސީއެލްގެ ވެލާނާ އެވޯޑްސް: އޭވިއޭޝަން ދާއިރާ އަށް ހާއްސަކޮށް ފުރަތަމަ އެވޯޑުޚަބަރު | 5 ދުވަސް ކުރިންއެމްއޭސީއެލްގެ ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް އިފްތިތާހުކޮށްފިޚަބަރު | 12 ދުވަސް ކުރިން