logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ރަސްމާލެއިން 116 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

މުޙައްމަދު އަފްރާޙް
12 ފެބްރުއަރީ 2026 - 10:01
ރަސްމާލެ އަލުން ހިއްކުމުގެ މަސައްކަތް  -- ފޮޓޯ/ އެޗްޑީސީ
ރަސްމާލެ އަލުން ހިއްކުމުގެ މަސައްކަތް -- ފޮޓޯ/ އެޗްޑީސީ

ރަސްމާލެއިން 116 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ ކަމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ބުނީ މިހާތަނަށް ސައިޓް.އޭ ގެ 116 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތްތައް، މިހާރު ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސައިޓް ނުވަތަ ސައިޓް.އޭ ގައި ހިމަނައިގެން 137.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް އަވަސް ކުރުމަށް، މި މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ދުނިޔޭގައި ބިން ހިއްކުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޑްރެޖަރު ބޭނުން ކޮށްގެންނެވެ. މިއީ، 46،000 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭ އުޅަނދެކެވެ.

ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެންމެފުރަތަމަ ފެށީ 2023 އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މަސައްކަތްތައް އަވަސްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށް މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

މި މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، މަސައްކަތް އޭޕްރިލް މަހުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ ޢަމާޒެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ޢާއިލީ ބޯހިޔާވަހިކަމުގެ ނަމުގައި އައު ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ރަސްމާލޭ މަޝްރޫޢަކީ ބޯހިޔާވަހިކަމަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫއެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ގެނެސްދޭނެ މަޝްރޫޢުކަމަށް ސަރުކާރުން ވިދާޅުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެއިން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލައިފިޚަބަރު | 3 ގަޑިއިރު ކުރިންބީއެމްއެލް އެފޯޑަބްލް ހައުސިންގެ އިތުރު 364 ޔުނިޓުގެ ބިންގާ އަޅައިފިޚަބަރު | 17 ގަޑިއިރު ކުރިންސައުދިއާއިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފިވިޔަފާރި | ދުވަހެއް ކުރިންމި ސަރުކާރަށް ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫން: ޑރ. މުއްތަލިބްޚަބަރު | ދުވަހެއް ކުރިން