logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮމަންޑޫގެ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރަން އެމްއޭސީއެލަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
14 އޮކްޓޯބަރު 2025 - 19:00
ކޮމަންޑޫގެ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރަން އެމްއޭސީއެލަށް

ށ. ކޮމަންޑޫގައި ބިންހިއްކައި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އަންގާރަ ދުވަހުގެ ރޭ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.

އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

DSC_8905.JPG

ކޮމަންޑޫ ބިން ހިއްކަން ފެށުން، ފޮޓޯ: ރައީސް އޮފީސް

 

މި މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ރަންވޭ އެޅުމާއި، ޓާމިނަލް ޢިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. އަދި އެއަރޕޯޓް ހިންގުމުގެ އެންމެހައި މަސައްކަތްތައްވެސް ކުރިއަށްގެންދާނީ އެމްއޭސީއެލުންނެވެ.

ފާހަގަކޮށްލެވޭ ގޮތުން، އިއްޔެ ވަނީ ށ. ބިލެތްފަހީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް ވެސް އެމްއޭސީއެލްއާ ހަވާލުކޮށްފައެވެ. މިހާރު ށ. އަތޮޅުގައި އޮތީ އެރަށު ވެރިރަށް ފުނަދޫގައި އޮންނަ އެއް އެއާޕޯޓެވެ.

މި ދެ އެއަރޕޯޓް ތަރައްޤީކުރުމުން ށ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، އެ ސަރަޙައްދުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވެގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިޔަ މަޝްރޫޢުތައް އަވަސްކުރުމަށް ބޮޑެތި ޑްރެޖަރުތަކެއް ރާއްޖެއަށްޚަބަރު | 4 ގަޑިއިރު ކުރިންކޮމަންޑޫ މަސްވެރިންނަށް އުފާވެރިކަން، 30 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރަން ހަވާލުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންކޮމަންޑޫގެ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރަން އެމްއޭސީއެލަށްޚަބަރު | 5 ގަޑިއިރު ކުރިންއަންނަ އަހަރު ފޯކައިދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއްޚަބަރު | 11 ގަޑިއިރު ކުރިން