logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮމަންޑޫ މަސްވެރިންނަށް އުފާވެރިކަން، 30 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރަން ހަވާލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 އޮކްޓޯބަރު 2025 - 19:29
ކޮމަންޑޫ މަސްވެރިންނަށް އުފާވެރިކަން، 30 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރަން ހަވާލުކޮށްފި

ށ. ކޮމަންޑޫގައި އައިސް ޕްލާންޓެއް ޤާއިމްކުރުމަށް ސަރުކާރުން އެތިއޮން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި އަންގާރަ ދުވަހު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. އަދި އެތިއޮން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ ކިޔާޝަތު ޢަބްދުﷲ އެވެ.

މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުގެ ސަބަބުން މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ތެލަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާނެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް ލުއިފަސޭހަ ގޮތެއްގައި އައިސް ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އޯގާތެރިކަމާއި އިޙްސާންތެރިކަން މުހިންމު: ރައީސްޚަބަރު | ގަޑިއިރެއް ކުރިންގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އޭޕްރިލްގައި ނިންމަނީ، ޖޫން މަހު ގޯތިތައް ހަވާލުކުރާނެޚަބަރު | 2 ގަޑިއިރު ކުރިންސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްއެންޑީއެފް އިން ކުރާ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | 20 ގަޑިއިރު ކުރިންފިޠުރު ޢީދުގެ ބަންދަށްފަހު، މި މަހުގެ 23 ގައި ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ ޚަބަރު | 20 ގަޑިއިރު ކުރިން