logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރު ކުންފުނިތަކަށް ބިން ދެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި

އަޙުމަދު ރިޝާން
6 އޯގަސްޓު 2026 - 10:57
ރައީސް މުޢިއްޒު ބޭރު މަގުގެ މަސައްކަތް ބައްލަވާލައްވަނީ
ރައީސް މުޢިއްޒު ބޭރު މަގުގެ މަސައްކަތް ބައްލަވާލައްވަނީ

ސަރުކާރު މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާ އެކު ބިން ދެވޭ ގޮތަށް " ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" އަށް އިސްލާހު ގެނެސްފި އެވެ.

މި ގަވާއިދަށް ގެނައި އިސްލާހާ އެކު ކުރިން 2024 ވަނަ އަހަރު ފެށިގެން އަމަލުކުރަމުން އައި ގަވާއިދު ވަނީ އުވާލާފަ އެވެ. އަދި އަލަށް ގެނައި އިސްލާހާ އެކު އާ ގަވާއިދު ވަނީ ގެޒެޓް ކޮށްފަ އެވެ. ކުރިން އަމަލު ކުރަމުން އައި ގަވާއިދު އުވާލި ނަމަވެސް އާ ގަވާއިދަށް ގެނައި ބަދަލަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް ރައީސްގެ ހުއްދައާއެކު ބިން ދޫކުރެވޭ ގޮތަށް ގެނައި އިސްލާހާއި ލޭންޑް އިވެލިއުއޭޝަން ކޮމެޓީ ތަމްސީލްކުރާ އިދާރާތަކަށް ގެނައިބަދަލެވެ. މިހާރު ވެސް ގަވާއިދު ބުނާ ގޮތުން ބިން ދޫކުރެވޭނީ އެކަމަށް ކަނޑައަޅާ އެކުލަވާލާ ލޭންޑް އިވެލުއޭޝަން ކޮމެޓީންނެވެ. އަދި މި ކޮމެޓީ ޗެއާކުރާނީ ރައީސް ކަނޑައަޅުއްވާ މެމްބަރެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަވާއިދު ބުނާގޮތުން މިހާރު މިކޮމެޓީގައި ހިމެނޭ އިދާރާތަކަކީ

ލޯކަލް ގަވަމަންޓް އޮތޯރިޓީ

މާލީ ކަންކަމާ މަސްއޫލުވާ ވުޒާރާ

 އިގްތިސާދާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާ

ދަނޑުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާ

ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާ

މަސްވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާ

ފަތުރުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާ

އިމާރާތްކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާ

ދަނޑުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާ

މިވުޒާރާތަކުގެ ތެރެއިން ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާ ފިޔަވާ ބާކީ ކޮންމެ ވުޒާރާއެއް ތަމްސީލު ކުރާނީ އެންމެ މެމްބަރެކެވެ. ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާއިން ދެ މެމްބަރުން މިކޮމެޓީގައި ދިބޭނެ އެވެ.

 

 

 

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސޭޙަތާއި ޒިކުރުގެ ބޯޑު ހަރުކުރުމުގެ ޤައުމީ މަޝްރޫޢު މާލެ އަތޮޅުގެ ރަށްތަކުން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިން‘’ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން’’ޚަބަރު | 3 ގަޑިއިރު ކުރިން ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރައީސް މުޢިއްޒު އަޅުއްވައިދެއްވައިފިޚަބަރު | 16 ގަޑިއިރު ކުރިންރައްޔިތުންގެ އަޑުގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާ އަކުން ފުރުސަތު ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިން