logo
Bank of Maldives

Bank of Maldives

ޚަބަރު

އުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މިމަސްތެރޭގައި ފަށަނީ

އައިޝަތު އިނާޝާ
6 އޯގަސްޓު 2026 - 05:34
އުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މިމަސްތެރޭގައި ފަށަނީ

މިމަސްތެރޭގައި އއ. އުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އއ. އުކުޅަހުގައި ބޭއްވި ޕީއެންސީ ޖަގަހަ ޖަސްލާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އުކުޅަހަކީ ގެސްޓު ހައުސް ވިޔަފާރި ވަރަށް ފުޅާކޮށް ކުރަމުންދާ ރަށެއްކަމަށާއި ރަށްގިރުމުގެ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްށް މިހާރު ތައްޔާރުވަމުންދާ ކަމަށާއި މިމަސްތެރޭ އަމަލީ މަސައްކަތްވެސް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަފްތާއެއް ދެހަފްތާތެރޭ އެ މަސައްކަތްވެސް ހަމަޖެހިގެން ދިޔައިމަ މާލަހެއްނުވެ މިމަސްތެރޭގައި އަމަލީގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ: ރައީސް

ރައީސް ވިދާޅުވީ އުކުޅަހުގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތަކާއި އެއްގޮތަށް އެކި މަރުހަލާތަކުގައި އެރަށުގައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެރަށުގައި މިހާރު ހިއްކާފައިވާ ބިމަށް 2 ހެކްޓަރު އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދަވަނީ، ވެރިކަމާއި ހަވާލުވިއިރު އިގްތިސާދު ވެއްޓިފައި އޮތް އަނދަވަޅު ނަގައިގަތުމަށް ކުރައްވާ މަސައްކަތްތަކާއެކުކަމަށެވެ. އެގޮތުން އިގްތިސާދީ ހާލަތު ރަނގަލު ކުރުމާއި އެކީގައިއިގްތިސާދުގެ ބުންވަރު އިތުރަށް ވަރުގަދަކޮށްދީ އިތުރަށް ފުޅާކޮށްދީ، އާންމުން ފަރުދުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދިނުމަކީ އެމަނިކުފާނުގެ އަމާޒުކަމުގައި ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދައިފިނަމަ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ތަކުލީފު މުޅި ރައްޔިތުންނަށް''ރިޕޯޓް | 18 ގަޑިއިރު ކުރިންސަރުކާރު ކުންފުނިތަކަށް ބިން ދެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިޚަބަރު | 2 ދުވަސް ކުރިންއުކުޅަސް ދަތުރުފުޅަށް ފަހު، ރައީސް މާލެ ވަޑައިގެންފިޚަބަރު | 2 ދުވަސް ކުރިންއުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މިމަސްތެރޭގައި ފަށަނީޚަބަރު | 2 ދުވަސް ކުރިން