logo
Bank of Maldives

Bank of Maldives

ޚަބަރު

އުކުޅަހު އައުޓްޑޯ ވޮލީ ކޯޓް ހުޅުވައިފި

އައިޝަތު ނަޝާ
5 އޯގަސްޓު 2026 - 13:44
އުކުޅަހު އައުޓްޑޯ  ވޮލީ ކޯޓް ހުޅުވައިފި

އއ. އުކުޅަހުގައި މި ސަރުކާރުން ޤާއިމްކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވައިފިއެވެ.

މި ކޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. ކޯޓު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

އުކުޅަހުގައި ޤާއިމްކުރި މި ކޯޓަކީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފެށި މަޝްރޫޢެކެވެ. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 1،359،163.58 ރުފިޔާއެވެ.

މި ކޯޓަކީ ޒަމާނީ ވަސީލަތްތައް ހިމެނޭ، ރޭގަނޑުވެސް ކުޅެވޭގޮތަށް ފުރިހަމަ ލައިޓް ސިސްޓަމެއް ހަރުކޮށް، ވަރަށް ފުރިހަމައަށް ޤާއިމްކޮށްފައިވާ ވޮލީ ކޯޓެކެވެ.
މި ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، ކޯޓުގައި އެކުވެރިކަމުގެ މެޗެއްވެސް ވަނީ ކުޅެފައެވެ.

އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދައިފިނަމަ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ތަކުލީފު މުޅި ރައްޔިތުންނަށް''ރިޕޯޓް | 18 ގަޑިއިރު ކުރިންސަރުކާރު ކުންފުނިތަކަށް ބިން ދެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިޚަބަރު | 2 ދުވަސް ކުރިންއުކުޅަސް ދަތުރުފުޅަށް ފަހު، ރައީސް މާލެ ވަޑައިގެންފިޚަބަރު | 2 ދުވަސް ކުރިންއުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މިމަސްތެރޭގައި ފަށަނީޚަބަރު | 2 ދުވަސް ކުރިން