logo
Bank of Maldives

Bank of Maldives

ޚަބަރު

އުކުޅަސް ދަތުރުފުޅަށް ފަހު، ރައީސް މާލެ ވަޑައިގެންފި

އަޙުމަދު ރިޝާން
6 އޯގަސްޓު 2026 - 10:25
އުކުޅަސް ދަތުރުފުޅަށް ފަހު، ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަންނަވައިފި އެވެ.

މި ދަތުރުފުޅަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް، ސިޑިސްއެސްއޭއައި ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް، އިނީޝިއޭޓިވް އައިޑީއައި ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަދަށް ވުރެ ވިލުންތެރި ދައުލަތްތަކާއި، ހަރުދަނާ ޑިމޮކްރަސީތަކާއި، ދުޅަހެޔޮ އިގުތިސާދުތަކާއި، އުންމީދީ މުޖުތަމަޢުތަކެއް މުސްތަގުބަލުގެ ޖީލުތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކާއި، އީޖާދުކުރުމުގައި ވުނަކުރުންމަތީ ދެމިތިބެ، އިޚުލާސްތެރިކަމާއެކު، އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުމުން، އުކުޅަހު ކައުންސިލާއި އެކިއެކި މުއައްސަސާތަކުގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އުކުޅަހުގައި ސަރުކާރުން ގާއިމުކުރި ވޮލީ ކޯޓު ހުޅުވައިދެއްވާ، އުކުޅަހުގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތާއި 50 ހައުސިންގް ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ އިތުރުން އެރަށުގައި އައިސް ޕްލާންޓެއް އެޅުމަށް ބަޔަކާ ހަވާލުކުރި ރަސްމިއްޔާތުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފަ އެވެ. އަދި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި ކުރިއަށްގެންދެވި ގަސް އިންދުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރު ކުންފުނިތަކަށް ބިން ދެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިޚަބަރު | 21 މިނިޓު ކުރިންއުކުޅަސް ދަތުރުފުޅަށް ފަހު، ރައީސް މާލެ ވަޑައިގެންފިޚަބަރު | ގަޑިއިރެއް ކުރިންއުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މިމަސްތެރޭގައި ފަށަނީޚަބަރު | 6 ގަޑިއިރު ކުރިންފަރުމަސްވެރިކަމަށް ހާއްސަ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައިޚަބަރު | 20 ގަޑިއިރު ކުރިން