logo
Bank of Maldives

Bank of Maldives

ޚަބަރު

ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

އަޙުމަދު ރިޝާން
9 އޯގަސްޓު 2026 - 05:27
ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން، އެގައުމުގެ އިސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސް ޝަންމުގަރަނަމް އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސިންގަޕޫރުގެ ރައީސަށާއި، އެމަނިކުފާނުގެ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ސިންގަޕޫރަކީ ސަރަޙައްދީ ފެންވަރުގައި އީޖާދީ، އަދި އުންމީދީ ދަންމަރެއްގެ ގޮތުގައި ދެމިއޮންނާނޭކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، އިތުބާރާއި، ސަރަޙައްދީ އަމަންއަމާންކަމާއި ކުރިއެރުމަށް ދެ ޤައުމުން ހިއްސާކުރާ ޢަޒުމުގެ މަތީގައި ބިނާވެފައިވާ، ޒަމާންވީ ރަޙުމަތްތެރިކަމުގެ އަގުވަޒަންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑުވަޒީރު ވޮންގް އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިންގަޕޫރާއެކު އޮންނަ ގާތް، ރަޙުމަތްތެރި ގުޅުން، ދިވެހިރާއްޖެއަށް މުހިންމުވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވިޔަފާރި އާއި ވުނަކުރުމާއި، ތަޢުލީމާއި ޤާބިލިއްޔަތު އިތުރުކުރުމާއި، ފަރުދީ ފެންވަރުގައި އެއް ޤައުމުން އަނެއް ޤައުމަށް ދޭ އެއްބާރުލުމުގެ ސަބަބުން، އެ ގުޅުން ބަދަހިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، އަމަންއަމާންކަމާއި، ހަމަޖެހުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ދެ ޤައުމުން ހިއްސާކުރާ އުއްމީދުތައް ޙަޤީޤަތަކަށް ހެދުމަށް ބޮޑުވަޒީރު ވޮންގް އާ އެކު ގާތުން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ދެބޭފުޅުންނަށް ފޮނުއްވި ސިޓީފުޅު ރައީސުލްޖުމްހޫރިއްޔާ ނިންމަވާލައްވާފައިވަނީ، ސިންގަޕޫރުގެ ރައީސަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްޙަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެ ޤައުމަށާއި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސޭޙަތާއި ޒިކުރުގެ ބޯޑު ހަރުކުރުމުގެ ޤައުމީ މަޝްރޫޢު މާލެ އަތޮޅުގެ ރަށްތަކުން ފަށައިފިޚަބަރު | ގަޑިއިރެއް ކުރިން‘’ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން’’ޚަބަރު | 3 ގަޑިއިރު ކުރިން ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރައީސް މުޢިއްޒު އަޅުއްވައިދެއްވައިފިޚަބަރު | 16 ގަޑިއިރު ކުރިންރައްޔިތުންގެ އަޑުގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާ އަކުން ފުރުސަތު ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިން