ގެސްޓްހައުސް ސިމްޕޯޒިއަމް 2025 ފަށައިފި
9 އޮކްޓޯބަރު 2025 - 07:33

މޯލްޑިވްސް އިންޑަސްޓްރީ އޮފް ބިޒްނަސް އެންޑް މެނޭޖްމަންޓް (އެމް.އައި.ބީ.އެމް.ވީ.) ގެ ގެސްޓްހައުސް ސިމްޕޯޒިއަމް 2025، ކްރޮސްރޯޑްސް މޯލްޑިވްސްގައި ރަސްމީކޮށް ފަށައިފިއެވެ.
މި ސިމްޕޯޒިއަމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤު އިބްރާހިމްއެވެ.

Ad by Hajj Corporation
މި ސިމްޕޯޒިއަމްގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ގެސްޓްހައުސްތަކާއި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް އެއްތަނަކަށް އެއްކޮށް، މި ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށްޓަކައި އީޖާދީ ގޮތްތައް ހުށަހަޅައި، އެފަދަ ކަންކަން ހާމަކުރުމަކީ ވެސް މި ސިމްޕޯޒިއަމްގެ މުހިއްމު ބައެކެވެ.
މިދިޔަ އަހަރުން ފެށިގެން އެމްއައިބީން ބާއްވާ އެ ސިމްޕޯޒިއަމްގައި މިފަހަރު ތިން ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދާނެ އެވެ.
މިގޮތުން ފުރަތަމަ ޕެނަލް ޑިސްކަޝަންގައި ދާއިރާގެ ރައްކާތެރިކަމާ ގުޅޭ ގޮތުން، ދެވަނަ ޕެނަލްޑިސްކަޝަންގައި ޑެސްޓިނޭޝަަން ބްރޭންޑިން، ތިންވަނަ ޕެނަލް ޑިސްކަޝަންގައި ފައިނޭންސްއާ ގުޅޭ ގޮތުން އަދި ހަތަރުވަނަ ޕެނަލް ޑިސްކަޝަންގައި ކުރު މުއްދަތުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ.
އެ ޕެނަލް ޑިސްކަޝަންތައް މެދުވެރިކޮށް އެކި މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ސުވާލުތަކަށް ޖަވާބު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ސިމްޕޯޒިއަމްގެ ސަބަބުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ، ޚާއްޞަގޮތެއްގައި ގެސްޓްހައުސް އިންޑަސްޓްރީ، ކުރިއެރުވުމަށް އެތައް ފައިދާތަކެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.