ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރާނަން: ވަޒީރު
2 ފެބްރުއަރީ 2025 - 05:51

ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއިން ގިނަ މަސައްކަތްތަކެއްކުރާނެ ކަމުގައި މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު އެފަދައިން ވިދާޅުވީ، ފަތުރުވެރިކަމުގެ ވުޒާރާ އާއި ތިމާވެއްޓާ ބެހޭ ދެ ވުޒާރާ އެއްކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ހިންގުން ވަޒީރު ތޯރިގުއާ އިއްޔެ ހަވާލުކުރެއްވުމާ ގުޅިގެންނެވެ.

Ad by Hajj Corporation
އެގޮތުން ވަޒީރު ތާރިޤް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ތިމާވެށީގެ ދާއިރާއިން ކުރެވެމުންދާ ކަންތައްތައް މިހާރަށް ވުރެ ރަނގަޅު ކުރާނެ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިން ފަހުރުވެރިވާ އަދި އެންމެންނަށް މިހާރަށް ވުރެ ވެސް ބޮޑަށް ފައިދާ ކުރާނެ ސިނާއަތަކަށް ހައްދަވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ކުރީގެ މިނިސްޓްރީ އޮފް އެންވާރަމެންޓްގައި ހުރި ސެކްޓާތައް އިތުރަށް ކުރިއަރުވާ މި ދާއިރާ އެއްކޮށް މަސައްކަތް ކޮށްގެން ވަރަށް މުހިންމު ކަންތައްތަކެއް އަޅުގަނށުމެންނަށް ކުރެވިގެންދާނެ ކަމަށް އަދި ކުރި އަށް އޮތްތަނުގަ ޓުވަޒިމް ސެކްޓާއާ އެންވާރަމެން ސެކްޓާއަކީ ރާއްޖެ ފަހުރު ވެރިވާ ސެކްޓާ ހަދާދިނުމުގެ އަޒުމުގަ މަސައްކަތް ކުރާނެ ކަމަށް ދަންނަވަން
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި ތިމާވެއްޓާ ބެހޭ ވުޒާރާ އެއްކޮށްލުމަށް ސަރުކާރުން ނިންމީ، މީގެ ކުރިން ފަތުރުވެރިކަމުގެ ވުޒާރާގެ ވަޒީރަކަށް ހުންނެވި އިބްރާހިމް ފައިސަލް އެ މަގާމުން ވަކިކުރެއްވި ފަހުންނެވެ. ފައިސަލް އެ މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.