logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށްއޮތް 5 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް

އާމިނަތު ޝަފާ
10 އޮކްޓޯބަރު 2025 - 04:57
މޫސުން ގޯސްވުން
މޫސުން ގޯސްވުން

ކުރިއަށް އޮތް 5 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ކުރިއަށްއޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު މެންދުރާ ހިއްސާކުރަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖެ ސަރަހައްދަށް ވައިވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކި ހިސާބަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާބެހޭ އިދާރާއިން މައުލޫމާތުދެއެވެ.

މިއަދާއި މިރޭވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުރުމާއެކު ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ހިސާބަށް މިއަދު ގަޑިއަކު ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިއްސާރަގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި ރާޅުގެ އުސްމިނުގައި 4-6 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެސިފިކް ކަނޑުގައި އެލްނީނޯ އުފެދިފައިވާތީ ރާއްޖޭގެ މޫސުމަށް ކުރާނެ އަސަރުތައް ބަލަން ފަށައިފިޚަބަރު | 18 ދުވަސް ކުރިންމުޅި ރާއްޖެ އަށް މޫސުމް ގޯސްވެ، ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރިފިޚަބަރު | 19 ދުވަސް ކުރިންރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފިޚަބަރު | 21 ދުވަސް ކުރިންރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 21 ދުވަސް ކުރިން