ށ. ކަނޑިތީމުގައި މިރޭ ހަވާ އަރުވަނީ
11 އޮކްޓޯބަރު 2025 - 11:06

ށ. ކަނޑިތީމުގައި މިރޭ ހަވާއެރުވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ކަނޑިތީމުގައި މިރޭ 21:00 އާއި 21:30 އާ ދޭތެރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް، ސިފްކޯއިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއް ހާއިރުގެ ވަގުތުކޮޅަށް ކަމަށް ވެސް އެއިދާރާއިން ބުނެއެވެ.
އެމްއެންޑީއެފުން އަމިއްލަ ފަރާތަކުގެ އިވެންޓުތަކަށް ވެސް ހަވާ އެރުވުމުގެ ހަރަކާތައް ކުރިއަށް ގެންގޮސްދެއެވެ. އެމްއެންޑީއެފްއިން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ހަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ.

Ad by Hajj Corporation
މީގެ އިތުރުން އެމްއެންޑީއެފް އާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން އީދު ފަދަ ހާއްސަ ދުވަސްތަކުގައި ވެސް ހަވާ އަރުވައެވެ.