logo
މަސްދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

މާލެ ދަތުރުކުރާ ބޯޓެއް ފަރަށް އަރައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ސެޕްޓެމްބަރު 2025 - 04:42
މާލެ ދަތުރުކުރާ ބޯޓެއް ފަރަށް އަރައިފި

ހއ. ދިއްދޫގެ މެގަ ހޯރަ ބޯޓު ރޭގެ ވަގުތެއްގައި ނ. އަތޮޅު ފަރަކަށް އަރައިފިއެވެ.

މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި 61 ފަސިންޖަރުން ތިބިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެންޑީއެފުން ދިން މަޢުލޫމާތުގައިވާ ގޮތުން، މިއީ 98 ފޫޓުގެ މި އުޅަނދެކެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާއާ ގުޅިގެން އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށެވެ. މި ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗެއް ޑައިވަރުންނާއެކު އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެއިތުރުން ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ. އަދި އުޅަނދުގައި ތިބި ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ބޯޓަކީ އާންމުކޮށް ދިއްދޫ، ވަށަފަރު އަދި ހަނިމާދޫ އާއި މާލެ އާއި ދެމެދު ދަތުރުކުފަމުން އަންނަ އުޅަނދެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެޓްސް މުބާރާތުން ރަން މެޑަލް ހޯދި ޓީމަށް ހޫނު މަރުހަބާއެއް ޚަބަރު | 3 ގަޑިއިރު ކުރިންމަސްދޯންޏެއްގައި ރޯވެ އަނދަނީޚަބަރު | 5 ގަޑިއިރު ކުރިންޕެޓްސް މުބާރާތުގައި ބައިވެރިވި އެމްއެންޑީއެފް ޓީމުން ރަން މެޑެލި ހާސިލުކޮށްފިޚަބަރު | 5 ދުވަސް ކުރިންފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައި އެންމެން ކަނޑުވެއްޖެޚަބަރު | 9 ދުވަސް ކުރިން