logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ޒިދާން މުޙައްމަދު
5 އޭޕްރީލު 2026 - 15:42
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ހެޔޮލަފާ ޚިދުމަތްތެރި ޖީލެއް ބިނާކުރުމުގެ މަގުސަތުގައި ކުރިއަށްގެންދާ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ ބައިވެރިވުމަށް ކުރިން ދީފައިއޮތް މުއްދަތު ކަމުގައިވާ މިމަހުގެ 5ވަނަ ދުވަހާ ހަމައަށް ބަންދުދުވަސްތަކެއް އައިސްފައިވާތީއާއި މި ޕްރޮގަރާމުގައި ބައިވެރިވުމުގެ މުއަދަތު އިތުރުކޮށްދިނުމަށް ބެލެނިވެރިންވެސް އެދެމުންދާތީކަމަށެވެ.

ދިފާއީ ވުޒާރާއިން ބުނީ ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 7 ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އިފްތިތާހުކޮށްފައިވަނީ މިިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 1ވަނަ ދުވަހުއެވެ.

މިޕްރޮގްރާމް ކުރިއަށްގެންދަނީ 3 މަސް ދުވަހަށެވެ. އަދި ތިންވަނަ ތަމްރީން ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ ފަހު ހަފްތާގައިކަމަށް ދިފާޢީ ވުޒާރާއިން ބުނެއެވެ. އެހެން ތަމްރީން ޕްރޮގްރާމްތަކެކޭ އެއްފަދައިން މި ޕްރޮގްރާމްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ، ޅ.މާފިލާފުށީގައެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދާނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މިޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދޭނެއެވެ.

މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް applyfor.mns@defence.gov.mv އަށް ނުވަތަ ބަންދުނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ދިފާޢީ ވުޒާރާއާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 2 ދުވަސް ކުރިންޢީދު ހަވީރު 1447 ހަރަކާތުގެ އެމްއެންޑީއެފްގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއްޚަބަރު | 17 ދުވަސް ކުރިންސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްއެންޑީއެފް އިން ކުރާ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | 18 ދުވަސް ކުރިންޕްރައިމް ގުދަން އަލިފާން: 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަންޚަބަރު | 19 ދުވަސް ކުރިން