logo
Bank of Maldives

Bank of Maldives

ޚަބަރު

ޕްރައިމް ގުދަން އަލިފާން: 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އިސްމާޢިލް ރާތިޢު
19 މާރިޗު 2026 - 06:09
ޕްރައިމް ގުދަން އަލިފާން: 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

މާފަންނުގައި ހުރި ޕްރައިމް ގޯޑައުންގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގައެވެ. މިއީ އިއްޒުއްދީންމަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުރި ތަނެކެވެ. އަދި ޠައިބާ މިސްކިތް ކައިރީ ދާދި ފަހުން ހުޅުވި އިލެކްޝަންސް ކޮމިޝަނުުގެ އިންތިޚާބާ ބެހޭ މަރުކަޒު ކައިރީގައި ހުރި ގުދަނެއްގައެވެ. މި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ ރޭގަނޑު 11:00 އެހާކަންހާއިރެވެ.

މި ހާދިސާއާއި ގުޅިގެން ސޯޝަލް ސެންޓަރުގައި އިވެކުއޭޝަން ސެންޓަރެއް ޤާއިމުކޮށް، އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންޑީއެމްއޭއިން އެންމެފަހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާއާޢި ގުޅިގެން ރޭގެ ދަންވަރު 2:30 އާއި ހަމައަށް ޖުމްލަ 15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ވަނީ ރަޖިސްޓްރީވެފައެވެ. މި ގެތަކުން ރެޖިސްޓްރީވީ މީހުންގެ ތެރޭގައި 69 އަންހެނުންނާއި 385 ފިރިހެނުން ހިމެނެއެވެ. މީގެ ތެރެއިން 302 މީހުންނަކީ ބިދޭސީން ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.

އިވެކުއޭޝަން ސެންޓަރުގައި ރެޖިސްޓްރީވި މީހުންގެ ތެރެއިން 10 ގެއެއްގެ 77 މީހަކަށް މިހާތަނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. މީގެ ތެރެއިން ބައެއް އާއިލާތަކުން ވަގުތީ ގޮތުން، އާއިލީ ގޭގެއަށް ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އަދި 280 ބިދޭސީންނާ ވެރިފަރާތުން ހަވާލުވެފައިވާއިރު، 20 ބިދޭސީންނަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. މީގެ އިތުރުން ދުމުގެ އަސަރުކޮށްގެން ހަތް ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެންޑީއެމްއޭއިން ދީފައިވާ އަދާހަމަތަކުން އެނގެއެވެ. އެންޑީއެމްއޭއިން ވަނީ މި ހުރިހާ އެންމެންގެ ހާލުވެސް ސްޓޭބަލް ކަމަށް ބުނެފައެވެ.

ގުަދަނުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އެއަރޕޯޓު ފަޔަރ ހަރަކާތްތެރިވެފައިވެއެވެ. އަދި އަލިފާން ކޮންޓްރޯލްކުރެވިފައިވާއިރު، މިހާރު އެންޑީއެމްއޭއިން ސޯޝަލް ސެންޓަރުގައި ހުޅުވި އިވެކުއޭޝަން ސެންޓަރު ވަނީ ބަންދުކޮށްފައެވެ. އަދި އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ނަމަ، 115 އަށް ގުޅުމަށް ވަނީ އެންޑީއެމްއޭ އިން އިލްތިމާސްކޮށްފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރޯވި ގުދަނަކީ ގަސްކާނާ އާއި ކެމިކަލް ފަދަ ތަކެތި ރައްކާކުރުމަށް ބޭނުންކުރަމުންދިޔަ ގުދަނެކެވެ. މިޙާދިސާގައި ގުދަން ބޭނުންނުކުރޭވަރަށް ހަލާކުވެފައިވާއިރު، އެ ސަރަޙައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓަރސް ލިސްޓުގައި ސޮއިކުރުން ސޯޝަލް ސެންޓަރުގައިޚަބަރު | ގަޑިއިރެއް ކުރިންޕްރައިމް ގުދަން އަލިފާން: 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަންޚަބަރު | ގަޑިއިރެއް ކުރިންމާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީޚަބަރު | 15 ގަޑިއިރު ކުރިންގަލޮޅުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | ދުވަހެއް ކުރިން