މެލޭޝިޔާ އައިއައިޔޫއެމް ގެ ރެކްޓަރ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
12 އޮކްޓޯބަރު 2025 - 12:14

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގެ ރެކްޓަރ ޕްރޮފެސަރ އެމެރިޔަސް ޑާތުކް ޑޮކްޓަރ އޮސްމާން ބަކަރ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، މިއަދު ހެނދުނުއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޕްރޮފެސަރ އެމެރިޔަސް ޑާތުކް ޑޮކްޓަރ އޮސްމާން ބަކަރ ވަނީ މަތީ ތަޢުލީމްގެ ދާއިރާއިން، ޚާއްޞަކޮށް ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވާފައެވެ. އަދި، އައިއައިޔޫއެމުން ދިވެހިދަރިވަރުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

Ad by Hajj Corporation
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެޤައުމުގެ މެދުގައި ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުންބަދަހި ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެފަރާތުން ވަނީ އުންމީދު އައު ކުރައްވާފައެވެ.