logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ނޫމަރާގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އައިޝަތު ނަޝާ
13 އޮކްޓޯބަރު 2025 - 07:29
ރައީސުލްޖުމްހޫރިއްޔާ، ނޫމަރާގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ނޫމަރާ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއި، މޫދަށް އެރޭނެ ސަރަހައްދަކާއި އޮޑިއެހެލައި، މަރާމާތު ކުރެވޭނެ ތަނެއްގެ އިތުރުން ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން، އާރު.ޓީއެލް ދަތުރުގެ ރޫޓު ބަދަލުކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
ރަށުގެ ތަރައްޤީއަށް ބޭނުންވާ އެހެން ކަންކަމުގެ ތެރޭގައި ސްކޫލަށް ލައިބްރަރީއަކާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ރަށުގެ ޞިއްހީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން ޢައްޔަނުކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންމީޑިއާ ކޮމިޝަނަށް އިންތިހާބުވި ހަތަރު ބޭފުޅުންނަށް މެންބަރުކަން ދީފިޚަބަރު | 4 ގަޑިއިރު ކުރިންކަނޑިތީމު ޞިއްޙީ މަރުކަޒު ތަރައްޤީ ކުރާނީ މިހާރަށް ވުރެ ފުޅާ ސްކޯޕެއްގައި :ރައީސްޚަބަރު | 5 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ނޫމަރާގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިޚަބަރު | 9 ގަޑިއިރު ކުރިން