logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލުން ކަނޑިތީމުގައި އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި

އައިމިނަތު މޫސާ
13 އޮކްޓޯބަރު 2025 - 10:24
ބީއެމްއެލުން ކަނޑިތީމުގައި އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި

ށ. ކަނޑިތީމުގައި ގާއިމުކުރާ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފިއެވެ.

ކަނޑިތީމުގައި ގާއިމުކުރާ ބީއެމްއެލްގެ ބިންގާ އަޅާފައިވަނީ، މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައެވެ. މިރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވީ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، އަދި އެރަށު ކައުންސިލްގެ ރައީސްއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކި ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ.

ށ. ފުނަދޫގައި ބޭންކުން ގާއިމުކޮށްފައިވާ ބްރާންޗުގެ އިތުރުން ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކުންވަނީ އޭޓީއެމް ޚިދުމަތް ގާއިމްކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 193 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 251 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލުން ކަނޑިތީމުގައި އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފިޚަބަރު | 4 ގަޑިއިރު ކުރިންބީއެމްއެލްއިން ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިވިޔަފާރި | ދުވަހެއް ކުރިންމާމިގިލީގައި ޤާއިމްކުރާ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފިޚަބަރު | 6 ދުވަސް ކުރިންއެކްސްޕީރިއަންސް މޯލްޑިވްސް ޕްރޮގްރާމުން ފަތުރުވެރިކަން މަޑުޖެހޭ މޫސުމުގައި ޑިމާންޑް އިތުރުކޮށްދޭނެ: މާލީ ވަޒީރުޚަބަރު | 14 ދުވަސް ކުރިން