logo
Bank of Maldives

Bank of Maldives

ޚަބަރު

މާމިގިލީގައި ޤާއިމްކުރާ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި

އާމިނަތު ޝަފާ
7 އޮކްޓޯބަރު 2025 - 06:16
މާމިގިލީގައި ޤާއިމްކުރާ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވްސް އިން އދ. މާމިގިލީގައި ދެމުންދާ ބޭންކިންގ ޚިދުމަތް އިތުރަށް ފުޅާކުރުމުގެގޮތުން މިއަދު އާ ބްރާންޗެއްގެ ބިންގާ އަޅަފިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މާމިގިލީގައި އައު ބްރާންޗްގެ ބިންގާ އަޅައި މުޅި އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތާއެކު ބޭންކުންދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ބޭންކުގެ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދެމުންކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 190 ސެލްފްސަރވިސް ބޭންކިންގ ސެންޓަރު، 248 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިހާރުވެސް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އދ. މަހިބަދޫގައި ގާއިމުކޮށްފައިވާ ބްރާންޗް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލުން ކަނޑިތީމުގައި އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފިޚަބަރު | 4 ގަޑިއިރު ކުރިންބީއެމްއެލްއިން ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިވިޔަފާރި | ދުވަހެއް ކުރިންމާމިގިލީގައި ޤާއިމްކުރާ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފިޚަބަރު | 6 ދުވަސް ކުރިންއެކްސްޕީރިއަންސް މޯލްޑިވްސް ޕްރޮގްރާމުން ފަތުރުވެރިކަން މަޑުޖެހޭ މޫސުމުގައި ޑިމާންޑް އިތުރުކޮށްދޭނެ: މާލީ ވަޒީރުޚަބަރު | 14 ދުވަސް ކުރިން