logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ސިޓީ މަރަދޫފޭދޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

އައިޝަތު ނަޝާ
5 ނޮވެމްބަރު 2025 - 15:45
އައްޑޫ ސިޓީ މަރަދޫފޭދޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

އައްޑޫ ސިޓީ މަރަދޫފޭދޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

މަރަދޫފޭދޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރަދޫފޭދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

G4_7miEaYAAMVFg.jpeg


މަރަދޫފޭދޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ބީއެމްއެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާޜުވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އަދި 260 އޭޓީއެމް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޭޓީއެމަކީ އައްޑޫ ސިޓީގައި ޤާއިމްކުރެވުނު ދެވަނަ ޑޮލަރު އޭޓީއެމެވެ. މީޣެ ކުރިން ޑޮލަރު އޭޓީއެމް ޤާއިމްކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންޑރ. މާހިދު ޝަރީފް ރައީސް އޮފީހުގެ މަޤާމަކަށް މިނިސްޓަރ ފެންވަރުގައި އައްޔަންކޮށްފިޚަބަރު | 12 ގަޑިއިރު ކުރިންރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް ރައީސް ގެންދަވަނީ ކެނޑިނޑޭޅި މަސައްކަތް ކުރައްވަމުން: ޕީއެންސީޚަބަރު | 14 ގަޑިއިރު ކުރިން ޖޭއެސްސީގެ މެމްބަރަކަށް ނަސީރު އައްޔަން ކޮށްފިޚަބަރު | 15 ގަޑިއިރު ކުރިން